އެމްއެފްޑީއޭގެ އުސޫލުތައް ހުރިގޮތުން ބައެއް ބޭސްތައް އެތެރެ ނުކުރެވިފައި

ބޭސް އެތެރެކުރުމުގައި މޯލްޑިވްސް ފުޑް އެންޑް
ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ބައެއް އުސޫލްތައް ހުރިގޮތުން އެއްބަޔަކު ގެންނަ
ބޭސްތައް އަނެއްބަޔަކަށް ނުގެނެވޭތީ ބޭނުންވާ ބޭސްތައް ހަމަކުރުމުގައި
ގޮންޖެހުންތަކެއް އެބަހުރިކަމަށް އެސްޓީއޯއިން ބުނެފިއެވެ.
ބޭސް ލިބުމުގެ ދަތިތަކާ ގުޅިގެން ރައްޔިތުން
މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް މިއަދު ސަރުކާރުގެ ކަމާބެހޭ އިދާރާތައް
ހާޒިރުކުރިއިރު، ކޮމިޓީއަށް ވަޑައިގެންނެވި ބޭފުޅުން ވަނީ ބޭސް ލިބުމުގައި ދަތިތައް
ކުރިމަތިވާ ސަބަބުތައް ސާފުކޮށްދެއްވާފައެވެ. މިއަދުގެ ބައްދަލުވުމުގައި
ވާހަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ، އެސްޓީއޯއިން
އެތެރެކުރަނީ ރާއްޖެއަށް ގެންނަ ބޭހުގެ 30 އިންސައްތަ ކަމަށާއި، ބޭސް
އެތެރެކުރުމުގެ އުސޫލްތައް އޮންނަގޮތުން އެއްބަޔަކު ގެންނަ ބޭހެއް އަނެއް ބަޔަކަށް
ގެނައުމުގެ ހުއްދަ ނުލިބޭކަމަށެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތީރިޓީގެ އެ
އުސޫލު އެގޮތަށް އޮތުމުގެ ސަބަބުން އެއީ ކިތަންމެ ބޭނުންބޮޑު ބޭހަކަށްވިނަމަވެސް އެހެން
ބަޔަކު އެ ބޭސް އެތެރެކުރާނަމަ، އެސްޓީއޯއަށް އެ ބޭހެއް ގެނައުމުގެ ހުއްދަ
ނޯންނަކަމަށާއި، ދެން ޖެހެނީ އެ ބޭހާ ވައްތަރު އެހެން ބޭހެއް ހޯދަންކަމަށް ޝިމާދު ފާހަގަކުރެއްވިއެވެ.
މިއީ ކޮންމެހެން ބޭނުންވާ ބޭސްތައް އެތެރެކުރަން ބަލާއިރު އެސްޓީއޯއަށް އޮތް
ގޮންޖެހުމެއްކަމަށް ޝިމާދު ފާހަގަކުރެއްވިއެވެ. ނަމަވެސް ޑޮކްޓަރުންނާ
ވާހަކަދައްކައިގެން އެ ބޭސްތަކާ އެއްފަދަ (ޖެނެރިކް) އެހެން ބޭސްތައް
އެތެރެކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ޝިމާދު ވިދާޅުވިއެވެ.
މަޖިލީހުގެ އިޖްތިމާޢީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން... ފޮޓޯ: މަޖިލިސް
މި ކޮމިޓީގައި ވާހަކަދައްކަވަމުން އެސްޓީއޯ
މެޑިކަލް ސާވިސްގެ ޖެނެރަލް މެނޭޖަރ އަހުމަދު ނިއުޝާދު ވިދާޅުވީ އަސާސީ
ބޭސްހަމަކުރުމަށް ކުރެވުނު މަސައްކަތްތަކުން މާޗްމަސް ނިމުނުއިރު ފަސް ބޭހެއް
ފިޔަވައި އެހެން ހުރިހާ ބޭހެއް ހަމަކުރެވުނުކަމަށެވެ. ނަމަވެސް ދެވަނަ ފަހަރަށް އެ
ބޭސްތަކުގެ ސްޓޮކް ގެންނަން މަސައްކަތްކުރިއިރު، ގެންނަން އުޅުނު އަދަދަށް ސަޕްލަޔަރުންގެ
އަތުން ބޭސް ނުލިބުނުކަން ނިއުޝާދު ފާހަގަކުރެއްވިއެވެ.
އެމްއެފްޑީއޭގެ ލިސްޓްގައި 1400 ވަރަކަށް ބޭސް
އުޅޭއިރު އޭގެ ތެރެއިން 1000 ބޭސް ހަމަކުރެވިފައިވާކަމަށާއި، ބާކީ ބޭސްތައް
އެތެރެކުރުމުގެ މަސައްކަތް އެކުންފުނިން ކުރަމުންގެންދާކަމަށެވެ.
މިއަދުގެ ބައްދަލުވުމުގައި ކޮމިޓީގެ ގަލޮޅު އުތުރު
ދާއިރާގެ މެމްބަރު ވަނީ ބޭސްލިބުމުގައި އޮތް ދަތިކަމަށް ހައްލެއް ލިބޭނެ ތާރީހެއް
ބުނެދެއްވުމަށް ތަކުރާރުކޮށް އެދިވަޑައިގެން ސުވާލުކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ