ލަންކާގެ ރައީސް ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެއަށް

ސްރީ ލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސަނަޔަކެ މިއަދު ރާއްޖެ ވަޑައިގެންފި އެވެ.ސްރީލަންކާގެ ރައީސް ރާއްޖެވަޑައިގަތުމުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފަ އެވެ. ލަންކާގެ ރައީސަށް އެއާޕޯޓުން މަރުޙަބާ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.މިއީ ލަންކާގެ ރައީސްކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އަނުރަ ކުމާރަ ރާއްޖެއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.މިދަތުރުފުޅަކީ މިމަހުގެ 28 އިން 30 ގެ ނިޔަލަށް ކުރައްވާ ދަތުރުފުޅެކެވެ.ރައީސް އޮފީހުން ބުނީ މި ދަތުރުފުޅުގައި ރައީސް މުއިއްޒާއި ލަންކާގެ ރައީސް އަނުރަ ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި ދެ ގައުމުން އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ