މިވަގުތު ދިވެހިރާއްޖޭގައި ހުންނެވި ނަމާލް ރަޖަޕަކްސަ ހައްޔަރު ކުރުމުގެ އަމުރެއް ސްރީ ލަންކާގެ ހަމްބަންޓޯޓާ މެޖިސްޓްރޭޓް ކޯޓުން ނެރެފި އެވެ.
ގާތްގަނޑަކަށް 70 މިލިއަން ލަންކާ ރުޕީސްގެ ރިޝްވަތެއް ނެގިކަމުގެ ތުހުމަތު ކުރެވޭ ނަމާލް، 39، ހައްޔަރު ކުރުމުގެ އަމުރެއް ނެރުނީ އޭނާގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތަށް ކޯޓަށް ހާޒިރުވެވަޑައިނުގެންނެވުމުންނެވެ.
ލަންކާގެ ކުރީގެ ރައީސް މަހިންދަ ރަޖަޕަކްސަގެ ދަރިކަލުން ނަމާލް ރާއްޖެ ވަޑައިގެންނެވީ ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނާޔަކެ އާއެކު މިއަދު އެއް ފްލައިޓެއްގަ އެވެ. ޑިސަނާޔަކެ ރާއްޖެ ވަޑައިގެންނެވީ ފުރަމާނަ ދަތުރެއްގަ އެވެ.
ނަމާލް ރާއްޖެ ވަޑައިގެންނެވީ އަމިއްލަ ދަތުރެއްގައި ކައިވެނީގެ ޕާޓީއަކަށް ހާޒިރުވާން ކަމަށް ސްރީ ލަންކާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެ އެވެ.
ނަމާލްއަކީ ސްރީ ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރެކެވެ. އަދި މީގެ ކުރިން ޔޫތު މިނިސްޓަރުގެ މަގާމު ވެސް އޭނާ އަދާ ކުރެއްވި އެވެ.
ތަފުސީލު އަންނަނީ ---
މިވަގުތު ރާއްޖޭގައި ހުންނެވި ނަމާލް ރާޖަޕަކްސަ ހައްޔަރު ކުރުމުގެ އަމުރެއް ލަންކާ ކޯޓަކުން ނެރެފި މިވަގުތު ރާއްޖޭގައި ހުންނެވި ނަމާލް ރާޖަޕަކްސަ ހައްޔަރު ކުރުމުގެ އަމުރެއް ލަންކާ ކޯޓަކުން ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ