ރިސޯޓަކުން ކުނި ހިފައިގެން ދަތުރުކުރަނިކޮށް އަޑިއަށްދިއަ ދޯނީގެ ފަޅުވެރިން ސަލާމަތްކޮށްފި

ހއ. އަތޮޅުގައި މަނަފަރު ރިޒޯޓުން ކުނި ބަރުކޮށްގެން ކ.ތިލަފުށްޓަށް ދަތުުރުކުރަމުންދަނިކޮށް ފަރަށް އެރި ދޯނީގައި ތިބި ފަޅުވެރިން އެމްއެންޑީއެފްގެ ކޯސްޓްގާޑުން ސަލާމަތްކޮށްފިއެވެ
"ގުރުވަ 1" ނަމަކަށްކިޔާ ދޯނި ފަރަށް އަރައި އަޑިއަސްގޮސްފައިވަނީ ނ އަތޮޅު ކުޑަރަށް ކައިރިންނެވެ.
ދިވެއްސަކާއި ދެ ބިދޭސީންނާ އެކު ދަތުރުކުރަމުންދިޔަ މި ދޯނި، ނ.ކުޑަރަށް ކައިރިން ފަރަށް އެރި ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއަށް ލިބިފައިވަނީ ހުކުރުދުވަހުގެ ރޭ ދަންވަރު 23:24 ހާއިރުއެވެ.
އެމްއެންޑީއެފުން ބުނީ، މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ހާބަރކްރާފްޓް ވަނީ އެ ސަރަހައްދަށް ދަތުރުކޮށް، ދޯނިން ދަތުރުކުރި ތިން ފަޅުވެރިން ހާބަރކްރާފްޓްއަށް ނަގާފައިވާކަމަށެވެ.
ދޯނިން ދަތުރުކުރި ފަޅުވެރިން މިއަދު 08:45 ހާއިރު އެމްއެންޑިއެފުން ނ.ހޮޅުދޫއަށް ގެންގޮސްދީފައިވާ އިރު، އެ އެންމެންގެ ވެސް ހާލު ރަނގަޅުކަމަށް ކޯސްޓްގާޑުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ