ޓެކްނިކަލް މައްސަލައެއް ދިމާވެ މާލެ އާއި ހުޅުމާލެއިން ކަރަންޓް ކެނޑިއްޖެ

ޓެކްނިކަލް މައްސަލައެއް ދިމާވެ މާލެ އާއި ހުޅުމާލެއިން ކަރަންޓް ކެނޑިއްޖެއެވެ.
ސްޓެލްކޯ އިން ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެއާއި ހުޅުމާލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.
ދިމާވެ މައްސަލަ ދެނަގަނެ ހައްލު ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަކަަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.
އެ ކުންފުނިން ވަނީ ދިމާވާނެ ދަތިތަކަށް ކަސްޓަމަރުންގެ ކިބައިން މަޢާފަށް އެދިފައެވެ.
މީގެ ކުރިން ވެސް މުޅި މާލެއިން ކަރަންޓް ދިޔުމުގެ ފަހަރުތައް ވަނީ ކުރިމަތިވެފައެވެ. އެންމެފަހުން މިގޮތަށް ދިމާވެފައި ވަނީ މިދިޔަ ޖޫން މަހުގެ 1 ވަނަ ދުވަހުއެވެ. ޓެކްނިކަލް މައްސަލައެއް ދިމާވެ މާލެ އާއި ހުޅުމާލެއާއި ހުޅުލެ ހިމެނޭހެން ކަރަންޓް ކެނޑުނީ އެދުވަހު މެންދުރު 12:45 ހާއިރުއެވެ. އެއަށްފަހު ސްޓެލްކޯއިން ކުރި މަސައްކަތުން ކަރަންޓް މާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓް ދީ ނިންމާލެވުނީ އިރުވެސް އޮއްސުނު ފަހުންނެވެ.
އެފަހަރު ކަރަންޓް ދިޔުމުން އެންމެ ފުރަތަމަ ކަރަންޓް ދީފައި ވަނީ ކްރިޓިކަލް ތަންތަނުގެ ގޮތުގައި ބެލެވޭ އައިޖީއެމް ހޮސްޕިޓަލާއި ދަރުމަވަންތަ ހޮސްޕިޓަލަށެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ