ކުލީގެ ގޮތުގައި އާންމު ފަރާތަކުން ދެއްކި ފައިސާ ބޭނުންކުރި މުވައްޒަފު ވަޒީފާއިން ވަކިކޮށްފިން – އެޗްޑީސީ

އާއްމު ފަރާތަކުން ކުލީގެ ގޮތުގައި ދެއްކި ފައިސާ އަމިއްލަ ބޭނުމަށް ނެގި އެޗް.ޑީ.ސީގެ މުވައްޒަފު ވަޒީފާއިން ވަކިކޮށްފައިވާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން އެޗް.ޑީ.ސީއިން ވިދާޅުވެއްޖެއެވެ.
އެ ކޯރޕަރޭޝަނުން މިކަން ހާމަކޮށްފައިވަނީ އެކި މީޑިއާތަކުގައި އެޗް.ޑީ.ސީގެ ތިޖޫރީން މުވައްޒަފަކު ވައްކަންކުރިކަމަށް ފެތުރެމުންދާ ޚަބަރުތަކާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.
އެޗް.ޑީ.ސީއިން ވިދާޅުވީ، އެ ކޯރޕަރޭޝަންގެ މުވައްޒަފަކު އާއްމު ފަރާތަކުން ކުލީގެ ގޮތުގައި ދެއްކި ފައިސާއަށް ރިސިޕްޓް ދިނުމަށްފަހު، އެ ފައިސާ ރިކޮންސައިލް ނުކޮށް އަމިއްލަ ބޭނުމަށް ނެގިކަން ފާހަގަކުރެވުނު ހިސާބުން އެ މައްސަލަ ބަލާ، އެ މުވައްޒަފުގެ އިއުތިރާފުވުމާއިއެކު މިހާރު ވަޒީފާއިން ވަކިކޮށްފައިވާކަމަށެވެ. އަދި މި ޢަމަލު ހިންގިކަން ފާހަގަކުރެވުނީ މި އެޗް.ޑީ.ސީގެ އިންޓަރނަލް ކޮންޓްރޯލްތަކުގެ ތެރެއިން ރިކޮންސައިލް ކުރަން ޖެހޭ ފައިސާގައި މައްސަލަތަކެއް ހުރުމުންކަމަށާއި، ކައުންޓަރުގައި ހަރުކުރެވިފައިވާ ސީ.ސީ.ޓީ.ވީ ކެމެރާއަށްވެސް އެ މުވައްޒަފުގެ ޢަމަލު ރެކޯޑްކުރެވިފައިވާކަމަށް އެޗް.ޑީ.ސީއިން ވިދާޅުވެއެވެ.
މި ބަޔާނުގައި މި މައްސަލާގައި އެ ކޯރޕަރޭޝަންގެ ތިޖޫރީއިން ފައިސާ ވަގަށް ނަގާފައިނުވާކަމަށާއި، އެފަދަ ކަމެއް ކުރުމުގެ ފުރުޞަތު އެ ކޯރޕަރޭޝަންގެ މުވައްޒަފަކަށް ލިބިފައިނުވާކަމަށް އެޗް.ޑީ.ސީއިން ވަނީ ވިދާޅުވެފައެވެ. އަދި އެ ކޯރޕަރޭޝަންގައި ޤާއިމްކޮށްފައިވާ އިންޓަރނަލް ކޮންޓްރޯލް އަދި އިންޓަރނަލް އޮޑިޓް އުޞޫލުތަކުގެ ތެރެއިން މިފަދަ އަމަލުތަކަށް ޖާގައެއް ނުލިބޭނެކަމަށްވެސް އެޗް.ޑީ.ސީގެ ބަޔާނުގައިވެއެވެ.
Your email address will not be published. Required fields are marked *
Comment *
Name
Email
Website
© 2022 Gaafu.mv. All rights reserved.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ