ވަރިވާން ދިޔަ އަންހެނަކަށް ގުޅައި މެސެޖު ކުރި ގާޒީ ސައްޕެންޑް ކޮށްފި

ވަރިވާން ދިޔަ އަންހެނަކަށް ގުޅައި މެސެޖު ކުރި ގާޒީ ސައްޕެންޑް ކޮށްފިއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބުނީ، ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށްއެދި ހުށަހެޅި މައްސަލައެއްގައި ހިމެނޭ ޚަސްމަކަށް ގުޅައި މެސެޖުކޮށް ހެދިކަމަށް ތުހުމަތުކޮށް، ސައްޕެންޑް ކޮށްފައި ވަނީ ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ އާދަމް ކަމަށެވެ.
އޭނާއާ ގުޅޭގޮތުން ތަޙްޤީޤުކުރަމުންދާ މައްސަލައިގެ ތަޙްޤީޤަށް ހޯދިފައިވާ މަޢުލޫމާތަށް ރިޢާޔަތްކޮށް، ޝަރުޢީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެން ވަޒީފާއަށް ނުނިކުމެ މަށުކުރުމަށް މިރޭ ޢަލީ އާދަމަށް ވަނީ އަންގާފައެވެ.
Advertisement
ޖޭއެސްސީން ބުނީ މިފަދައިން ނިންމާފައި ވަނީ އެ ކޮމިޝަނުން ބޭއްވި ކުއްލި ޖަލްސާއެއްގައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ