އިސްދޫ މެމްބަރު އަލީ ހަމީދު ޖުމްހޫރީ ޕާޓީ ދޫކޮށް، އެމްޑީޕީއަށް

ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު ޖުމްހޫރީ ޕާޓީ ދޫކުރައްވައި، ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ. އަލީ ހަމީދު ވަނީ އެމްޑީޕީއާ ގުޅިވަޑައިގަތްކަން "ސަން"އަށް ކަށަވަރުކޮށްދެއްވާފައެވެ. އޭނާ ވިދާޅުވީ ޖުމްހޫރީ ޕާޓީއިން އެމްޑީޕީއާއެކު ހެދި ކޯލިޝަން އެއްބަސްވުން މިހާރު ނިމުމަކާ ހަމައަށް އައިސްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ގައުމުގައި އިޖުތިމާއީ ހަމަޖެހުން ގާއިމުކޮށް، އިގުތިސާދީ އަނދަވަޅަކަށް ގައުމު ވެއްޓުނަ ނުދީ ވެރިކަމުގެ ދައުރު ވަރަށް ފުރިހަމައަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ފުރިހަމަކުރައްވަމުން ގެންދަވާ ކަމަށެވެ. އެހެންކަމުން އެމަނިކުފާނަށް ރިޔާސީ ދެވަނަ ދައުރެއް ދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް އަލީ ހަމީދު ވިދާޅުވިއެވެ. "އަޅުގަނޑު ދެކޭ ގޮތުގައި އިބްރާހީމް މުޙައްމަދު ޞާލިޙަށް އެ ފުރުސަތު އަޅުގަނޑުމެން ދިވެހި ރައްޔިތުން ދޭން ޖެހޭ އެއީ އިޖުތިމާއީ ހަމަޖެހުމާ އިގުތިސާދީ ހަމަޖެހުމާ އަދި ގައުމުގެ ލާބައަށްޓަކާ،" އަލީ ހަމީދު ވިދާޅުވިއެވެ. ތަފްސީލް އަންނަނީ...
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ