މިމަހު 11 ގައި 92 މެގަވޮޓް ކަރަންޓް ބޭނުންކުރި، މިއީ ރެކޯޑެއް

މިމަހު 11 އަކީ މާލެ ސަރަހައްދުން މިހާތަނަށް އެންމެ ގިނަ ކަރަންޓް ބޭނުން ކުރެވުނު ދުވަސް ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
އެގޮތުން މިރޭ ކުރެއްވި ޓްވީޓެއްގައި ޝަރީފް ވިދާޅުވެފައިވަނީ މިމަހު 11 ވަނަ ދުވަހުު ބޭނުންކުރެވުނު ކަރަންޓުގެ އަދަދު 92.5 މެގަވޮޓް އަށް ވުރެ މައްޗަށް ގޮސްފައިވާ ކަމަށާއި މިއީ މިހާ ތަނަށް އެންމެ ގިނައިން ކަރަންޓު މާލެ ސަރަހައްދުގައި ބޭނުން ކުރި ދުވަސް ކަމަށެވެ.
މިއާއިއެކު ކުރިއަށް އޮތް 2 ހަފްތާގައި މިއަށްވުރެ ވެސް އިތުރު ވުމުގެ ފުރުސަތު ބޮޑު ކަމަށް ޝަރީފް ވިދާޅުވިއެވެ.
އެހެންކަމުން ސްޓެލްކޯގައި 120 މެގަވޯލްޓް އުފެދުމުގެ ގާބިލުކަން ހުރި ނަމަވެސް ކަރަންޓް އިގްތިޞާދު ކުރެއްވުމަށް ޝަރީފް ވަނީ އިލްތިމާސް ކޮށްފައެވެ.
ސްޓޭލްކޯއިން މިއަދުވެސް ވަނީ މި ދުވަސްވަރަކީ ހޫނު ގަދަ ދުވަސް ވަރެއް ކަމަށް ފާހަގަކޮށް ކޮންމެހެން ބޭނުންވާ މިންވަރަށް ކަރަންޓު ބޭނުން ކުރުމަށާއި ކަރަންޓް އިގްތިސާދު ކުރެއްވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކޮށްފައެވެ.
ސްޓޭލްކޯގެ އިތުރުން މޫސުމާ ބެހޭ ގައުމީ އިދާރާއިން ވެސް ވަނީ މިމަހަކީ ދިވެހިރާއްޖެއަށް އެންމެ ހޫނު ގަދަ މަސް ކަމަށް ފާހަގަކޮށް ހޫނު ގަދަވުމުގެ ސަބަބުން ދިމާވެދާނެ ސިއްހީ މައްސަލަތަކަށް ސަމާލު ވުމަށް އިލްތިމާސް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ