މޫސުން ގޯސްވެ، މެދު ރާއްޖެތެރެއަށް ޔެލޯ އެލަރޓް

މޫސުން ގޯސް ވާނެކަމަށް ލަފާކުރައްވައި، މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ޔެލޯ އެލަރޓް ނެރުއްވައިފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން މި އެލަރޓް ނެރުއްވާފައިވަނީ މާލެ އަތޮޅުން މ.އަތޮޅުގެ ރަށްތަކަށް މިރޭ 8:05އިން ދަންވަރު 01:00އާ ހަމައަށެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރުވެސް އެކި ވަގުތުތަކުގައި ވިއްސާރަވާނެ ލަފާކުރައްވާކަމަށެވެ. މެދު ރާއްޖޭތެރޭގެ އިތުރުން ދެކުނުގެ ބައެއް ސަރަހައްދުތަކަށްވެސް މޫސުން ގޯސްވާނެކަމަށް ވަނީ ލަފާކުރައްވާފައެވެ. އަދި ރާއްޖޭގެ އުތުރަށް ކޮންމެވެސް ވަރަކަށް ކެރީގެ އަސަރުކުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވައެވެ.
މާލެއާއި ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވިއްސާރަވާން ފަށާއިމިވަނީ އާދަޔާއި ޚިލާފަށް ހޫނުމިން މައްޗަށް ގޮސްފައިވާ ދުވަސްވަރެއްގައެވެ. އެގޮތުން މި ނިމުނު ހަފްތާއެއްހާ ދުވަހަކީ ފަހުގެ ތާރީޚެއްގައި ރާއްޖޭގެ ހޫނުމިން އެންމެ މައްޗަށް ދިޔަ ދުވަސްތައްކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ