ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވުމުން، ހިދުމަތް އިތުރަށް ފުރިހަމަ ކުރުމަށް ސްޓެލްކޯގެ ހާއްސަ ޓީމެއް

މި ދުވަސްވަރަކީ ރާއްޖެ އަށް ހޫނުގަދަ ދުވަސް ވަރަކަށްވެ، ކަރަންޓު ބޭނުން ކުރާ މިންވަރު ރިކޯޑު އަދަދަކަށް މަތިވާތީ ހިދުމަތް އިތުރަށް ފުރިހަމަ ކުރުމަށް ސްޓެލްކޯ އިން ހާއްސަ ޓީމެއް އެކުލަވާލައިފިއެވެ.
ސްޓެލްކޯ އިން މިއަދު ބުނީ ހޫނު މޫސުމާއި ގުޅިގެން ރެކޯޑް އަދަދަކަށް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެފައިވާތީ، އެކުންފުނިން ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތައް މެދުނުކެނޑި ފޯރުވައިދިނުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ފުރިހަމަކޮށް ހަރުދަނާ ކުރުމަށްޓަކައި، ހާއްސަ ޓީމެއް އެކުލަވާލާފައިވާ ކަމަށެވެ.
އެ ޓީމަކީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފުގެ ބެއްލެވުމުގެ ދަށުން އެކުލަވާލި ޓީމެއް ކަމަށްވެސް ބުންޏެވެ.
މިދުވަސްވަރު ހޫނުގަދަވުމުގެ ސަބަބުން ކަރަންޓު ބޭނުން ކުރާ މިންވަރު އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
އެގޮތުން އިއްޔެގެ މެންދުރު ވަގުތު ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ ޕީކްލޯޑު 102 މެގަވޮޓަށްވުރެ މައްޗަށް އަރާފައިވާ ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.
އެހެންކަމުން ސްޓެލްކޯ އިން ވަނީ ވީހާވެސް ބޮޑަށް ކަރަންޓު އިގްތިސޯދު ކުރުމަށް އިލްތިމާސް ކޮށްފައެވެ.
އެގޮތުން އާއްމު ގޭބިސީތަކާއި ދައުލަތުގެ އިދާރާތަކާއި ސަރުކާރުގެ ވުޒާރާތަކާއި އޮފީސްތަކާއި ސްކޫލުތަކުގެ އިތުރުން ބޮޑެތި އަދި ކުދި ވިޔަފާރިތަކުން ވެސް ކޮންމެހެން ބޭނުންވާ މިންވަރަށް ކަރަންޓު ބޭނުން ކުރުމަށް ސްޓެލްކޯ އިން ވަނީ އިލްތިމާސް ކޮށްފައެވެ. އާއްމު ގޭބިސީތަކުގެ ކަރަންޓު ބިލުގެ 40 ޕަސެންޓު ހިއްސާ ކުރަނީ އެއާ ކޮންޑިޝަނުން ކަމަށް ދިރާސާތަކުން ދައްކާ ކަމަށާއި އެހެންކަމުން އެއާ ކޮންޑިޝަންވެސް 25 ޑިގްރީ ސެލްސިއަސް އަށްވުރެ މަތި ނުކުރުމަށް ސްޓެލްކޯ އިން ވަނީ އެދިފައެވެ.
Your email address will not be published. Required fields are marked *
ހިޔާލު *
ނަން
Δdocument.getElementById( "ak_js_1" ).setAttribute( "value", ( new Date() ).getTime() );
© 2021-2023 Hathaavees Online | All Rights Reserved.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ