މިފްކޯއަށް މަސް ގަންނަން ސަރުކާރުން ސަބްސިޑީއެއް މިހާރު ނުދޭ: ޝިޔާމް

މަސްވެރިން ބާނާ މަސް ގަތުމަށް ސަރުކާރުން މިފްކޯއަށް ދެމުން އައި ސަބްސިޑީ މިހާރު ދޭން ނުޖެހޭ ކަމަށް ފިޝަރީޒް މިނިސްޓަރު، އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ޝިޔާމް ވިދާޅުވީ މިދިޔަ ސަރުކާރުން މަހުގެ އަގު 25ރ. އަށް ހަމަޖެއްސިއިރު، ކޮންމެ ކިލޯއަކަށް 13ރ. ސަބްސިޑީގެ ގޮތުގައި ސަރުކާރުން ދެމުންދިޔަ ކަމަށެވެ. ނަމަވެސް، އެކަން މިހާރު ނިމުމަކަށް ގެނެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
MU STORE
Enterprise Development Industrial Pvt Ltd
Zetta Enterprises Pvt Ltd
MGH Group of Companies
Enterprise Development Industrial Pvt Ltd
"އަޅުގަނޑަށް މިއަދު ދަންނަވަން ކެރޭ އިނގޭތޯ؟ އަޅުގަނޑުމެން މިހާރު މަސް ގަންނާކަށް ސަރުކާރަކުންނެއް، މަސް ގަންނާށޭ ކިޔާފަކާ އެންމެ ރުފިޔާއެއް ވެސްމިހާރު މިފްކޯއަކަށް ނުދެން، އެންމެ ރުފިޔާއެއް ވެސް މަސް ގަންނާށެކޭ ކިޔާފަކާ ނުދެން،" ޝިޔާމް ވިދާޅުވި އެވެ.
މަސްވެރިކަމުގެ ސިނާއަތް ވަރުގަދަ ކުރުމަށްޓަކައި، މަހަށް އަގު އިތުރުކުރެވޭނެ މަގެއް ހޯދަންޖެހޭ ވާހަކަ މީގެ ކުރީގެ ސަރުކާރުތަކުން ވެސް އަބަދުމެ ދައްކަމުންދިޔަ ކަމަށް ޝިޔާމް ވިދާޅުވި އެވެ. އެހެންނަމަވެސް، މިފްކޯއަށް މަސްގަތުމަށްޓަކައި ދެމުންދިޔަ ސަބްސިޑީގެ ބަދަލުގައި މަހުގެ ބާވަތްތައް އުފައްދާނެ ކާރުހާނާތައް އެޅުމަށް ހަރަދުކުރި ނަމަ، އޭގެ ފައިދާ މާބޮޑުވީސް ކަމަށް އޭނާ ވިދާޅުވި އެވެ.
މި ފާއިތުވި 40 އަހަރު، ރާއްޖޭގައި މަސް ބަންދުކުރަމުން ދިޔައީ ފެލިވަރުގައި ހުރި 50 ޓަނުގެ ޕްރޮޑިއުސިން ކެޕޭސިޓީ ހުރި ފެސިލިޓީން އެކަނި ކަމަށް ޝިޔާމް ވިދާޅުވި އެވެ. އަދި، ޕްރައިވެޓް ފެސިލިޓީތައް ހިމެނުމުން މުޅި ރާއްޖޭގެ ޕްރޮޑިއުސިން ކެޕޭސިޓީއަކީ 105 މެޓްރިކް ޓަނު ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެހެންނަމަވެސް، މި ސަރުކާރުން އެކަން ބަދަލުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި އިރާދަކުރެއްވިއްޔާ ފ. އަތޮޅު ނިލަންދޫގައި އާއި ގދ. ފިޔޯރީގައި އާއި އަދި ފެލިވަރުގައި މިހާރު އެހުރި 50 ޓަނު، 100 ޓަނަށް މި ބަދަލުކުރަނީ. އިރާދަކުރެއްވިއްޔާމުން މި މަސައްކަތްތައް އަޅުގަނޑުމެންނަށް ނިންމައިލެވޭއިރުގައި ދިވެހިރާއްޖޭގައި [މަހުގެ ބާވަތްތައް އުފެއްދުން] މި ތިން ގުނަ ކުރެވުނީ،" ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ މި ބަދަލުތަކާއެކު، ރާއްޖެއިން އެކްސްޕޯޓު ކުރެވޭ މަހުގެ އަދަދު އިތުރުކުރެވި، މަސްވެރިންގެ ޖީބުތަކަށް ވަންނަ ފައިސާ އިތުރުވެގެންދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ