ގުނަވަން ޓްރާންސްޕްލާންޓުކުރުމުގެ މެޑިކަލް ޕްރޮސީޖާތައް ކުރިއަށް ގެންދިޔުމުގެ ހުއްދަ ދިނުމަށްޓަކައި ސަރުކާރުން ފަރުމާކުރި ބިލު މަޖިލީހުން ފާސްކޮށްފި އެވެ.
މިއީ މި ބިލު މަޖިލީހުން ފާސްކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން މެއި 14، ގައި އެ ބިލު މަޖިލީހުން ފާސްކުރުމުން ތަސްދީގުނުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ބިލު މަޖިލީހަށް އަނބުރާ ފޮނުވައިލައްވައިފަ އެވެ.
Zetta Enterprises Pvt Ltd
MU STORE
Enterprise Development Industrial Pvt Ltd
MGH Group of Companies
MGH Group of Companies
އެ ބިލު މަޖިލީހުން މިއަދު ފާސްކުރީ، އެ ބިލު ތަސްދީގުނުކުރައްވައި މުއިއްޒު ފޮނުއްވައިލެއްވިއިރު، ފާހަގަކުރެއްވި ޝަރުއީ އަދި ގާނޫނީ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ކުށުގެ އަދަބުތަކުގެ އިތުރުން ގުނަވަން ހަދިޔާކުރެވޭނެ މީހުންގެ ޝަރުތުތަކަށް ވެސް ބަދަލު ގެނައުމަށްފަހު އެވެ. އެ ބިލު ފާސްކުރަން 57 މެންބަރުން ވޯޓުދެއްވި އެވެ. އެ ބިލާ ދެކޮޅަށް ވޯޓުދެއްވީ އެންމެ މެންބަރެކެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމާ ބެހޭ ބިލު، ތަންފީޒުކުރުމުގައި ދަތިތަކެއް ހުރިކަމަށް ފެނިވަޑައިގަންނަވާތީ ރައީސުލްޖުމްހޫރިއްޔާ ތަސްދީގުނުކުރައްވައި އަނބުރާ ފޮނުވާލައްވައިފިއެވެ. ރައީސް އޮފީހުން ބުނީ މި ބިލު އަނބުރާ ފޮނުވާލީ މަޖިލީހުން ބިލަށް ގެނައި ބަދަލުތައް މުރާޖައާކޮށް އިސްލާހުތަކެއް ގެންނަން ޖެހޭކަމަށް ފެންނާތީ ކަމަށެވެ.
ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ކުރިން ފާސްކޮށްފައިވާ މި ބިލުގެ 66 ވަނަ މާއްދާގެ (ރ) ގައި އޮތީ، އެ މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް (ރުހުމެއް ނެތި ގުނަވަން ނެގުމާއި ގާނޫނާ ހިލާފަށް ޓްރާންސްޕްލާންޓުކުރުން) ކޮށްފި މީހެއްގެ އަދަބަކީ އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން ގިސާސް ހިފުން ކަމަށެވެ.
ނުވަތަ އިސްލާމީ ޝަރީއަތުގެ އަލީގައި ކަނޑައަޅާފައިވާ ދިޔައެއް ހޯދައިދިނުމާއެކު، 250،000ރ. އާއި 500،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް، 18 މަހާއި 24 މަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
ނަމަވެސް، މިހާރު މި މާއްދާ އިސްލާހުކޮށް، ގިސާސް ހިފުމާއި ދިޔަ ދިނުމުގެ ބައި އުނިކުރުމަށް ފަހު، ޖޫރިމަނާ އާއި ޖަލު އަދަބު ވެސް ބަދަލުކޮށްފައިވެ އެވެ. އެގޮތުން މިހާރު ބިލުގައި ކަނޑައަޅާފައި އޮތީ؛
ކޮމިޓީގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ބަދަލުތައް ގެނައީ ބިލުގައި ހިމަނާފައިވާ އަދަބު ތަންފީޒު ކުރުމުގައި ގިނަ ގޮންޖެހުންތަކެއް ހުރިކަމަށް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވުމާ ގުޅިގެންނެވެ.
ރައީސް ފޮނުއްވި ސިޓީފުޅުގައި ފާހަގަކުރައްވާފައިވާ ގޮތުގައި ރުހުމެއް ނެތި ގުނަވަން ނެގުމާއި ގާނޫނާ ހިލާފަށް ޓްރާންސްޕްލާންޓުކުރުމަކީ ތަފާތު ތިން ކަމެއް ނުވަތަ ތިން އަމަލެއް ހިމެނޭ ކުށެކެވެ. އެއިން ކޮންމެ އަމަލަކީ އިސްލާމީ ޝަރީއަތުގައި ގިސާސް ހިފުމަށް ޝަރުތު ހަމަަނުވެދާނެ ކަމެއް ކަމަށް ވެސް ރައީސް ފާހަގަ ކުރައްވާފައިވެ އެވެ.
އަދި، ކުރިން މަޖިލީހުން ފާސްކުރި ގޮތަށް އޮތުމުން، އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ އުސޫލުތަކުގެ ބޭރުން ކުށް ކުރާ ފަރާތްތަކުގެ މައްޗަށް ގިސާސް ތަންފީޒު ކުރެވިގެން ދިޔުމުގެ އިހުތިމާލު އޮތް ކަމަށް ވެސް ރައީސްގެ ސިޓީގައި ފާހަގަކުރައްވާފައިވެ އެވެ.
ބިލް އެންމެ ފުރަތަމަ ހުށަހެޅިއިރު ވެސް ގިސާސް ހިފުމާއި ދިޔަ ނަގައި ދިނުން ހިމަނާފައެއް ނުވެ އެވެ. އެއީ މަޖިލީހުގެ ކޮމިޓީން އޭރު ގެނައި ބަދަލެކެވެ. ނަމަވެސް މިހާރު ބިލްގެ 66 ވަނަ މާއްދާ އޮތީ އެންމެ ފުރަތަމަ ބިލް ހުށަހެޅި ގޮތަށެވެ.
މީގެ އިތުރުން ގެނައި އަނެއް މުހިންމު ބަދަލަކީ ބިލުގެ 7 ވަނަ މާއްދާގެ (ށ) އަށް ނުކުތާއެއް އިތުރުކުރުމެވެ. ބިލު މިހާރު އިސްލާހުކޮށްފައިވާ ގޮތުން، ގުނަވަން ހަދިޔާކުރާ މީހާއަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހަކަށް ވެގެން ނުވާނެ އެވެ. އަދި ކުށުގެ ތުހުމަތުގައި ހުރި މީހެއް ނުވަތަ ޝަރުއީ ހުކުމެއް ތަންފީޒު ކުރަމުންދާ ގައިދީއެއް ކަމުގައި ވެގެން ވެސް ނުވާނެ އެވެ.
އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓުކުރުމުގެ ބިލުގައި ހުރި ޝަރުއީ އަދި ގާނޫނީ ކަންބޮޑުވުންތަކާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އެ ބިލު އަނބުރާ ފޮނުއްވުމުން މަޖިލީހުގެ ކޮމިޓީން ބިލަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ. މި ބަދަލުތަކުގެ ތެރޭގައި ކުށްވެރިންގެ ކިބައިން ގިސާސް ހިފުމާއި ދިޔަ ހޯދައިދިނުމުގެ ބައި އުނިކޮށް، ޖަލު އަދަބާއި ޖޫރިމަނާގެ މިންވަރު ވަނީ ދަށްކޮށްފައެވެ.
މިއަދު ފާސްކުރި ލުގައި ބަޔާން ކޮށްފައިވާ އުސޫލުގެ ދަށުން ހަމައެކަނި ހުއްދަ ލިބެނީ ލައިވް ޑޯނާ ޓްރާންސްޕްލާންޓް ހެދުމަށެވެ. އެގޮތުން ހަދިޔާ ކުރެވޭނެ ގުނަވަންތަކާއި ނުކުރެވޭނެ ގުންވަންތައް އެ ބިލުގައި ހިމަނާފައިވެ އެވެ. ގުނަވަން ހަދިޔާ ކުރާ ފަރާތްތަކުގެ ހުންނަންޖެހޭ ޝަރުތުތައް ވެސް އެ ބިލުގައި ހިމަނާފައި ވެ އެވެ.
އެ ބިލު ގާނޫނަކަށް ވުމާއެކު ގުނަވަން ޓްރާސްޕްލާންޓު ކައުންސިލްގެ ނަމުގައި ނުވަ މެންބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލެއް އުފައްދާނެ އެވެ. ބިލުގައި ހުރި ކަންކަން ތަންފީޒު ކުރުމާއި ހިދުމަތް ދިނުމުގެ ހުއްދު ދޫކުރުމުގެ އިތުރުން ގާނޫނާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނީ އެ ކައުންސިލުންނެވެ. އަދި ހިދުމަތްދޭ މަރުކަޒުތަކުގައި ހުންނަޖެހޭ ޝަރުތުތައް ހަމަވޭތޯ ވެސް ބަލާނީ އެ ކައުންސިލުން ކަމަށް އެ ބިލުގައި ބަޔާން ކޮށްފައިވެ އެވެ.
އޭގެ އިތުރުން އެ ބިލު ގާނޫނަކަށްވުމާއެކު ގުނަވަން ޓްރާންސްޕްލާންޓް އޮތޮރައިޒޭޝަން ކޮމިޓީއެއް ވެސް އުފައްދާނެ އެވެ. ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އެ ކޮމިޓީއަކީ ޓްރާންސްޕްލާންޓު ކުރުމަށް ހުއްދަ ދޭ ކޮމިޓީ އެވެ.
ގުނަވަން ޓްރާންސްޕްލާންޓެއް ހެދުމުގެ ހުއްދައަށް އެ ކޮމިޓީގައި އެދުމުގެ ކުރިން ކޮންމެ ހޮސްޕިޓަލެއްގައި ވެސް ގާއިމުކޮށްފައިވާ ކްލިނިކަލް ކޮމިޓީ އާއި އެތިކްސް ކޮމިޓީން ބަލަންޖެހޭ ކަންކަން ފުރިހަމަ ކުރަންޖެހޭނެ ކަމަށް ވެސް އެ ބިލުގައި ހިމަނާފައިވެ އެވެ.
މީހެއްގެ ރުހުން ނެތި ޓްރާންސްޕްލާންޓު ހެދުމަށް އެމީހެއްގެ ގުނަވަން ނެގުން ނުވަތަ ނަގާ ގުނަވަނެއް ޓްރާންސްޕްލާންޓު ކުރުމާއި ޓްރާންސްޕްލާންޓު ކުރުމަށްޓަކައި މީހެއްގެ ގުނަވަނެއް ގަތުން ނުވަތަ ވިއްކުމަކީ ކުށެއް ކަމަށް އެ ބިލުގައި ހިމަނާފައިވެ އެވެ.
އެ ބިލަށް އަމަލު ކުރަން ފަށާނީ ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގު ކުރައްވާތާ 180 ދުވަސް ފަހުންނެވެ.
ގައިދީންނަށް ގުނަވަން ހަދިޔާ ނުކުރެވޭ ގޮތަށް ބަދަލުކޮށް، ގުނަވަން ޓްރާންސްޕްލާންޓުކުރާ ބިލު ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ