ދެ މަސްދުވަހު ބޭރުގައި ދިރިއުޅުއްވުމަށްފަހު ނާޒިމް އެނބުރި ރާއްޖެ ވަޑައިގެންފި

ޖިނާއީ ތުހުމަތެއް އަޅުވައި ހައްޔަރު ކުރަން އުޅޭކަމުގެ އަޑުތައް ގަދަވެފައި ވަނިކޮށް ރާއްޖެއިން ބޭރަށް ފުރާވަޑައިގެންނެވި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އެނބުރި ގައުމަށް ވަޑައިގެންފި އެވެ. 
ނާޒިމްގެ މައްސަލަތަކެއް ފުލުހުން ބަލަން ފެށި މިދިޔަ މެއި މަހުގެ ތެރޭގަ އެވެ. ހަމަ އެއިރު ވެރިކަން ކުރާ ޕީއެންސީ އިން ވަނީ އޭނާ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ވަކި ކުރަން ގަރާރެއް ވެއްދި އެވެ. 
Enterprise Development Industrial Pvt Ltd
Zetta Enterprises Pvt Ltd
MGH Group of Companies
Enterprise Development Industrial Pvt Ltd
MU STORE
މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ނާޒިމް ވަކިކުރަން އުޅުނީ  ވަކި ސިޔާސީ ފިކުރަކަށް އޭނާ ބުރަވެ، މަސްލަހަތު ގެއްލުވާލަން މަސައްކަތް ކުރާތީ ކަމަށް ޕީއެންސީ އިން ބުނެ އެވެ. 
"މަގާމުގެ ނުފޫޒުން ނާޖާއިޒު ފައިދާ ނަގައި ފިތުނަ އުފައްދައި ވަކި ފަރާތަކަށް ބުރަވެ މަސްލަހަތު ގެއްލޭ ގޮތަށް ތަކުރާރު ކުރަމުންދާތީ އާއި މަޖިލީހުގެެ އެންމެހާ މަސައްކަތްތަކުގައި ވަކި ސިޔާސީ ފިކުރަކަށް ބުރަވެ ތައައްސުބުވެފައިވުމުގެ އިތުރަށް މަޖިލީހުގެ މަސްލަހަތު ގެއްލުވާލަން ނައިބު ރައީސް ހިތްވަރު ދީ ޒިންމާއިން ބަރީއަވެފައިވާތީ،" އެ މައްސަލާގައި ބުނެެފައިވެ އެވެ. 
ނަމަވެސް އޭނާ ވަކި ކުރަން އޮތް ދުވަހު އިސްތިއުފާ ދެއްވުމަށްފަހު ނާޒިމް ވަނީ ޕީއެންސީގެ ތުހުމަތުތައް ދޮގުކޮށްފަ އެވެ. 
"ދިވެހި ދައުލަތުގައި ގާނޫނުގެ ވެރިކަން ނަގަހައްޓާ ރައްޔިތުންނަށް އުފާވެރި ފާގަތި ދިރިއުޅުމެއް ހޯދައިދިނުމަށް މަސައްކަތް ކުރުމުގައި ރައްޔިތުންގެ ހާދިމެއްގެ ގޮތުގައި އަބަދުވެސް ދެމިހުންނާނެކަމުގެ ޔަގީންކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވަން،" އޭނާ ވިދާޅުވި އެވެ. 
އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ، ނާޒިމް ވަކި ކުރަން ޕީއެންސީ އިން މަސައްކަތް ކުރަނީ އޭނާ ޕާޓީ ބަދަލުކުރަން މަސައްކަތް ކުރާތީ ކަމަށެވެ. 
"އަޅުގަނޑަށް އެނގޭ އެއީ 23 މަޖިލީހުގެ މެންބަރުން ރޮނގު ހުރަސްކުރާތީވެކަން. ނާޒިމާއި އެކުގައި ރޮނގު ހުރަސްކުރާތީވެ، ޕާޓީ ބަދަލުކުރަން އުޅޭތީވެ، ރައީސުލްޖުމްހޫރިއްޔާއަށް އިތުބާރު ނެތް ކަމަށް ވޯޓު ނަންގަވަން އުޅުއްވާތީވެ،" ނަޝީދު ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ