ތިންވަނަ އޭޓީވީ އަލީ ޝަރީފަށް! އުރީދޫގެ ހިނގާ ޕްރޮމޯޝަނުގައި އަދި 3 އޭޓީވީ ދޫކޮށްލާނެ

އުރީދޫ މޯލްޑިވްސްއިން އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްދާ "ހިނގާ" އޭޓީވީ ޕްރޮމޯޝަންގެ ތިންވަނަ ނަސީބުވެރިޔަކަށް އަލީ ޝަރީފް، ޅ. ހިންނަވަރު ހޮވިއްޖެ އެވެ.
މި ޕްރޮމޯޝަންގެ ދަށުން މި އަހަރުގެ ނިޔަލަށް ޖުމްލަ ހަ އޭޓީވީ ދިނުމަށް ހަމަޖެހިފައިވާއިރު، މިއީ އޭޓީވީ ލިބުނު ތިންވަނަ ނަސީބުވެރި ކަސްޓަމަރެވެ.
އުރީދޫ އިން ޑިސެމްބަރު 20، 2025 ގައި ފެށި މި ޕްރޮމޯޝަން މި އަހަރުގެ ނިޔަލަށް ކުރިއަށްދާނެ އެވެ. އެ ގޮތުން ކޮންމެ ދެ މަހަކުން އެއްފަހަރު ބާއްވާ ގުރުއަތުލުމުން، ކޮންމެ ފަހަރަކު ވެސް އެއް ކަސްޓަމަރަކަށް އޭޓީވީއެއް ލިބޭނެ އެވެ.
މި ކެމްޕޭނަކީ ކަސްޓަމަރުން ދުވަހުން ދުވަހަށް ބޭނުންކުރާ އުރީދޫގެ ހިދުމަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ކުރިއަށްދާ ކެމްޕޭނެކެވެ. މި ގުރުއަތުލުމުގައި ބައިވެރިވުމަށްޓަކައި، އުރީދޫގެ މޮބައިލް (ޕްރިޕެއިޑް ނުވަތަ ޕޯސްޓްޕެއިޑް)، ސުޕަނެޓް، ފަސޭހަ، ނުވަތަ 5ޖީ އެއާ ފައިބާ ފަދަ ޚިދުމަތެއް ބޭނުންކޮށް، ކަނޑައެޅިފައިވާ ޝަރުތުތައް ފުރިހަމަ ކުރަންޖެހޭނެ އެވެ.
ގުރުއަތުލުމުގެ ކުރިން އަންނަ 60 ދުވަހުގެ ތެރޭގައި، އުރީދޫގެ ހިދުމަތްތަކަށް މަހަކު މަދުވެގެން 400 ރުފިޔާ ހަރަދުކޮށްފައިވާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ. އަދި ގުރުއަތުލާ ދުވަހާއި ހަމައަށް އެ ކަސްޓަމަރެއްގެ ހިދުމަތް އެކްޓިވްކޮށް ބަހައްޓަންވާނެ އެވެ.
މި ޕްރޮމޯޝަން ފަރުމާކޮށްފައިވަނީ މިހާރު އުރީދޫ ބޭނުންކުރާ އަދި މި މުއްދަތުގެ ތެރޭގައި އުރީދޫ އަލަށް ބޭނުންކުރާ ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭނެ ގޮތަށެވެ. ކޮންމެ ގުރުއަތުލުމަކުން ވެސް އެއް ނަސީބުވެރިއަކު ހޮވައި، އޭޓީވީއެއް ހަވާލުކުރާނެ އެވެ.
ގުރުއަތުން އޭޓިވީ ލިބޭ ކަސްޓަމަރުންނަށް ވެސް ގްރޭންޑް ޕްރައިޒް (6 ވަނަ ގުރު) ގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ އެވެ. މިއީ ވީހާވެސް ގިނަ ކަސްޓަމަރުންނަށް އޭޓީވީ ހޯދުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކުރާ ކަމެއް ކަމަށް އުރީދޫ އިން ބުނެފައިވެ އެވެ.
މިފަދަ ހަރަކާތްތަކުގެ ތެރެއިން، އުރީދޫ މޯލްޑިވްސްއިން ދަނީ ކަސްޓަމަރުންގެ އިތުބާރާއި ލޯތްބަށް ޝުކުރު އަދާކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް އިތުރު އުފާވެރިކަމާއި ފައިދާ ހޯދައިދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ