ބުރު ސްޕޯޓްސް ކްލަބްގެ ކޯޗަކަށް ސްޕެއިނުގެ ރޮޑްރީގޭޒް

ބުރު ސްޕޯޓްސް ކްލަބްގެ ކޯޗަށް ޔުއެފާ ޕްރޯ ލައިސަންސް ހާސިލްކޮށްފައިވާ ސްޕެއިނުގެ ކޯޗު، ކްރިސްޓިއަން ރޮޑްރިގޭޒް ހަމަޖައްސައިފި އެވެ. 
މިދިޔަ ސީޒަނުގައި ބުރު ސްޕޯޓްސް ކްލަބަށް ކޯޗުކޮށްދިން، މުހައްމަދު ނިޒާމް (ނިޒާމްބެ)އާއެކު ހަދާފައިވާ އެއްބަސްވުން ނިންމާލައި، އެ ކްލަބުން ގެނައި، ރޮޑްރިގޭޒް ވަނީ، ސްޕެއިނާއި އެމެރިކާ، އިންޑިއާ، އޮމާން އަދި ޔޫއޭއީގައި ކޯޗިން މަސައްކަތްކޮށްފަ އެވެ. 
Yes Maldives Pvt Ltd
MU STORE
MU STORE
Enterprise Development Industrial Pvt Ltd
Enterprise Development Industrial Pvt Ltd
ޔުއެފާ ޕްރޯ ލައިސަންސް ހާސިލްކުރުމުގެ އިތުރުން، ހައި ޕާފޯމަންސް އިން ޓީމް ސްޕޯޓްސް އިން ޕްރޮފެޝަނަލް މާސްޓާސް ޑިގްރީ ހާސިލްކޮށް، ބާސެލޯނާގެ ޓެކްނިކަލް އެނަލިސްޓްސް އެންޑް ބާސާ ކޯޗު މެތޮޑޮލޮޖީގެ ކޯހެއް ވެސް ފުރިހަމަކޮށްފައިވާ ރޮޑްރިގޭޒް އެޑިއުކޭޝަން އިން މާސްޓާސް ޑިގްރީއެއް ވެސް ފުރިހަމަކޮށްފަ އެވެ. 
އެތުލެޓިކޯ މެޑްރިޑްގެ 19 އަހަރުން ދަށުގެ ޔޫތު ޓީމެއްގެ ހެޑް ކޯޗުކަން ކޮށްފައިވާ ރޮޑްރިގޭޒް ވަނީ ސްޕެއިނުގެ ލަސް ޕަލްމާސް ސަރަހަައްދުގެ ޓީމެއް ކަމަށްވާ އަރޫހާސް ސީއެފްގެ 19 އަހަރުން ދަަށުގެ ޓީމުގައި ވެސް ކޯޗުކަން ކޮށްފަ އެވެ. އެމެރިކާގައި އެސްޕަންޔޯލުން ގާއިމްކުރި 19 އަހަރުން ދަށުގެ ޓީމުގެ ހެޑް ކޯޗުކަން ވެސް ކުރި ރޮޑްރިގޭޒް، އޮމާންގެ އަލް ނަހުދާ ކްލަބާ އެކު އޮމާން ޕްރިމިއާ ލީގުގައި މަސައްކަތްކުރީ 2024 ވަނަ އަހަރު އެސިސްޓަންޓް ކޯޗެއްގެ ގޮތުގަ އެވެ.  
އިންޑިއާގެ ގޯކުލަމް ކެރަލާ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ރޮޑްރިގޭޒް ހުރީ، 2023/2024 ސީޒަނުގަ އެވެ. އަދި، އެންމެ ފަހުން، އޭނާ ހުރީ ޔޫއޭއީގެ ހައްްޓާ ސްޕޯޓްސް ކްލަބްގެ ޔޫތު ހެޑް ކޯޗުގެ މަގާމުގަ އެވެ. ޑޭޓާ އެނަލައިސިސް އާއި ސްޕޯޓްސް ސައިންސްގެ ކަންކަމަށް އަހުލުވެރި، ރޮޑްރިގޭޒް ވަނީ، އޭނާ މަސައްކަތް ކުރި ކޮންމެ ޓީމެއްގައި، ޒަމާނީ ވަސީލަތްތަކުގެ ބޭނުންހިފައިގެން ކޯޗިން ޒިންމާ އަދާކޮށްފަ އެވެ. 
ބުރު ސްޕޯޓްސް ކްލަބުން ރޮޑްރިގޭޒްއާ އެކު، އެއްބަސްވުމުގައި ސޮއިކޮށް، މިއަދު، ޕްރީ ސީޒަން ޕްރެކްޓިސް ފަށާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. 
މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ހަތަރެއްގައި ނިންމި ބުރު ސްޕޯޓްސް ކްލަބުން ވަނީ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލުގައި ކުޅެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ