ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ މެމްބަރު ކަމަށް ދެ ބޭފުޅަކު އައްޔަނު ކުރައްވައިފި

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރު ކަމަށް ދެ ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އައްޔަން ކުރައްވައިފިއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަގާމަށް ރައީސް އައްޔަން ކުރައްވާފައިވަނީ ގއ. ގެމަނަފުށީ އޯކިޑުމާގޭ އާދަމް ޒާލިފް އާއި ރ. އަލިފުށީ ނިއޯލައިން މަރްޔަމް ރިޝްފާ އެވެ.
މިއަދު ބޭއްވުނު މި ރަސްމިއްޔާތުގައި އެ ދެ ބޭފުޅުންނަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރު ކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފް އެވެ. ހުވާކުރެއްވުމާ އެކު އެ ދެ ބޭފުޅުންނަށް މަގާމުގެ ލިޔުން ހަވާލު ކޮށްދެއްވީ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެވެ.
އެ ދެ ބޭފުޅުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރު ކަމަށް އައްޔަން ކުރެއްވީ، އެ ޓްރައިބިއުނަލްގެ ރައީސް ކަމުގެ މަގާމުގައި ކުރިން ހުންނެވި އިދުރީސް އިސްމާއީލާއި ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަބްދުﷲ އަލީ މަގާމުން ވަކިކުރެއްވުމާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ