ޑިއުޓީ ކުޑަކުރުމާއެކީ ދުންފަތުގެ ބާވަތްތަކުގެ އަގު ތިރިވާން ފަށައިފި

ދުންފަތުގެ ބާވަތްތަކުގެ ނަގާ ޑިއުޓީ ކުޑަކުރުމާ އެކީ ބާޒާރުގައި ވިއްކާ ދުންފަތުގެ ބާވަތްތަކުގެ އަގު ތިރިވާން ފަށައިފި އެވެ. 
ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރަން ސަރުކާރުން ނިންމިތާ ދެ އަހަރު ނުވަނީސް، އެ ނިންމުން ބަދަލުކޮށް ޑިއުޓީ ކުޑަކުރި ގާނޫނު ރައީސް މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވީ ނިމުނު ހަފުތާގެ ތެރޭގަ އެވެ.
އިމްޕޯޓު އެކްސްޕޯޓު ގާނޫނަށް ގެނައި ބަދަލުގެ ދަށުން ކުރިން ސިނގިރޭޓު ވިއްކަމުން އައި އަގަށް ވުރެ 50 ޕަސެންޓު އަގު ހެޔޮވެ އެވެ. މި ބަދަލުތައް ބާޒާރުގައި ވިއްކާ ބާވަތްތަކުން ވަނީ ފެންނަން ފަށާފަ އެވެ.
އޭގެ ތެރޭގައި ޑިއުޓީ ކުޑަކުރި އެއް ބާވަތް ކަމުގައިވާ ހީޓަޑް ޓޮބޭކޯގެ އަގު ވަނީ ހެޔޮ ވެފަ އެވެ.  ޑިއުޓީ ކުޑަކުރުމުގެ ކުރިން 245ރ. އަށް ވިއްކަމުން އައި މީގެ ފޮއްޓެއްގެ އަގު ވަނީ 140ރ. އަށް ވެއްޓިފަ އެވެ. 
ސަރުކާރުން މި ބަދަލު ގެނައީ ކަޅު ބާޒާރުގައި ފޭކު ސިނގިރޭޓު އާންމުވުން ހުއްޓުވުމަށާއި ޑަބްލިއުއެޗްއޯގެ ލަފާގެ މަތިން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ސިނގިރޭޓުގެ އަގުބޮޑު ކުރުމަކީ މި ސަރުކާރުން ނިންމި އެންމެ ބޮޑު އެއް ނިންމުމެވެ. ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން ފާސްކުރި ގޮތަށް ސިނގިރޭޓުގެ އަގު ބޮޑުކުރީ ނޮވެމްބަރު 2024، ގަ އެވެ. މި ސަރުކާރުން ކޮންމެ ސިނގިރޭޓަކުން 8ރ. ނަގަން ފެށި އެވެ. އަދި، އެފަދަ ޝިޕްމެންޓުތަކުން ނަގަމުން އައި ޑިއުޓީ ވެސް 50 ޕަސެންޓަށް ބޮޑުކުރި އެވެ.
ނަމަވެސް، މިއަދު ތަސްދީގުުރި އިސްލާހުގައި އޮތީ ދުންފަތުން ނަގާ ޑިއުޓީ 50 ޕަސެންޓުން 30 ޕަސެންޓަށް ކުޑަ ކުރުމާއެކު ސިނގިރޭޓަކުން ނަގާ ޑިއުޓީ 8ރ. އިން 4ރ. އަށް ކުޑަ ކުރުމަށެވެ.
ސިނގިރޭޓުން ނަގާ ސްޕެސިފިކް ޑިއުޓީ އިން އެ ހެޔޮވަނީ 50 ޕަސެންޓެވެ. އަދި ދެން ނަގާ ޑިއުޓީ އިން އެ ހެޔޮވަނީ 40 ޕަސެންޓެވެ. އެހެންކަމުން މުޅި ޖުމްލަ ސިނގިރޭޓުން ނަގަމުން އައި ޑިއުޓީ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ކުޑަވާނެ އެވެ.
އޭގެ އިތުރުން ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްސްތަކުން ނަގާ ޑިއުޓީ ކުޑަ ކުރަން ވެސް އެ އިސްލާހުގައި ހިމަނައިފައިވެ އެވެ. އެފަދަ ބާވަތްތަކުގެ ހެޔޮ ކުރަނީ ސިނގިރޭޓާ އެއްވަރަކަށެވެ. މިހާރު ވެސް ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓުތަކުން ޑިއުޓީ ނަގަނީ ސިނގިރޭޓާ އެއްވަރަކަށެވެ. 
އެ ބިލު މިއަދު ތަސްދީގު ކުރެއްވުމާއެކު، މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި، އިސްލާހާ އެއްގޮތަށް ގަވާއިދުތައް އިސްލާހު ކުރަން ޖެހެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ