ފުޓުބޯޅަ އެސޯސޯއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިހާބަށް ކުރިމަތިލާފައިވާ ހަަމަ އެކަނި ފަރާތް ކަމަށްވާ އަހުމަދު ތާރިގް(ޓޮމް)ގެ ކެނޑިޑޭޓްކަމުގެ ޝަރުތުތައް ހަމަވާ ކަމަށް އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމެޓީން ބުނެފިއެވެ.
އެފްއޭއެމް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމެޓީން މި މެއި މަހުގެ 31 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެފްއޭއެމްގެ އިންތިހާބަށް ކުރިމަތިލާފައިވާ ޓޯމްގެ ކެނޑިޑޭޓްކަމުގެ ޝަރުތުތައް ހަމަވާ ކަމަށެވެ.
މިހާރު ހުށައެޅިފައިވާ އެގްޒެކެޓިވް ކޮމެޓީގައި ޓޮމްގެ ނައިބް ރައީސުންގެ ގޮތުގައި ހިމެނެނީ މުހައްމަދު ކަލީމް އަދި އަލީ އުމަރުއެވެ. މި ކޮމެޓީގައި ދެން ހިމެނޭ މެމްބަރުންނަކީ އަހުމަދު ޝަކީބު، އައްސަދު އަބްދުލް ޣަނީ، މުހައްމަދު އީސާ، އަހުމަދު ޒާހިރު، އަހުމަދު ޝިޔާމް އަދި އައިޝަތު ނާޒިމް އެވެ.
އެފްއޭއެމްގެ ރައީސްކަމަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވެފައިވާއިރު، އެ މަގާމަށް ކުރިމަތިލީ އަހުމަދު ތޯރިގު (ޓޮމް) އެކަނިކަމުން އޭނާއަށް އެ މަގާމު ލިބޭނެކަން ވަނީ ކަށަވަރުވެފައެވެ.
މި އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް، އެފްއޭއެމް ނޯމަލައިޒޭޝަން ކޮމެޓީގެ ކުރީގެ ޗެއާމަން މުހައްމަދު ޝަވީދު ވިދާޅުވެފައިވީ ނަމަވެސް، ނަން ހުށައެޅުމުގެ މުއްދަތު އިއްޔެ ހަމަވިއިރު، ޝަވީދު އެ މަގާމަށް ކުރިމަތިލައްވާފައެއް ނުވެއެވެ.
އެފްއޭއެމްގެ ރައީސްކަމަށް ޓޮމް އެކަނި ކުރިމަތިލާފައިވާއިރު، ޓޮމް އެ މަގާމަށް ގެންނަން ތާއީދުކުރާކަން ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ވެސް ވަނީ ހާމަކޮށްފައެވެ. ދަގަނޑޭ ބުނި ގޮތުގައި، ޓޮމްއަކީ ރާއްޖޭގެ ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންގޮސްދެވޭނެ ފަދަ މީހެކެވެ.
ޓޮމްގެ ނައިބުންގެ ގޮތުގައި ކަލީމް އާއި އަލީ އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ