ސިޔާސީ ގޮތުން ހިޔާލު ތަފާތުވާ ކޮންމެ ރައްޔިތަކުން ޖަލަށްލާ ވެރިއަކު ރައްޔިތުން ދެން ބޭނުން ނުވާކަމަށް އަދާލަތު ޕާޓީގެ ނައިބު ރައީސް އައްޝައިޚް އަލީ ޒާހިރު ވިދާޅު ވެއްޖެއެވެ.
އިދިކޮޅު އިއްތިހާދުން މިރޭ ތ ތިމަރަފުށީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން، ރައީސް ޔާމީނަކީ ސިޔާސީ ހަރާކާތައް ހިންގުމަށް ހުރަސްއަޅާ ސިޔާސީ ޕާޓީތައް ހިންގުމަށް ހުރަސް އަޅުއްވާ ބޭފުޅެއްކަމަށް އަލީ ޒާހިރު ސިފަ ކުރެއްވިއެވެ. އަދި އެކަން ކަމަށް ދަތިކޮށް ހުރަސް އަޅާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ގެއްލުވާލާ ރައްޔިތަކު ކިރިޔާ އެއްޗެއް ބުނާއިރަށް ރައްޔިތު މީހާ ޖަލަށްލާ ވެރިއަކު ދެން ދިވެހި ރައްޔިތުން ބޭނުން ނުވާކަމަށްވެސް އަލީ ޒާހިރު ވިދާޅުވިއެވެ.
މިގެ އިތުރުން ޒާނާގައި އަތްލައި ވެރިއަކުވެއް ރައްޔިތުންނަށް ހިނިތުން ނުވާ އަދި ރައްޔިތުންނަށް ނުފެންނަ ވެރިޔަކުވެސް ދެން ރައްޔިތުން ބޭނުން ނުވާނެ ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ. އަދި އިންތިހާބާއި ދިމާކޮށް ރައްޔިތުންނަށް ދޮގު ވައުދުވެ ހަމައެކަނި ރިބަންފަށް ކަނޑާ ވެރިއަކުވެސް ރައްޔިތުން ދެން ވެރިކަމަށް ގެންނަން ބޭނުން ނުވާނެ ކަމަށްވެސް އަލީ ޒާހިރުވަނީ ވިދާޅުވެފައެވެ.
ސަރުކާރާއި ރައީސް އަބްދުﷲ ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވަމުން އަލީ ޒާހިރުވަނީ އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހަކީ އިހްލާސްތެރި ބޭފުޅެއްކަމަށް ވިދާޅުވެފައެވެ.
އަލީ ޒާހިރުވަނީ އިއްތިހާދުގެ ވެރިކަމެއްގައި އަމަލު ކުރާނެ ފުރިހަމަ ދީނީ ސިޔާސަތެއް އެބަ އޮތް ކަމަށާއި އިއްތިހާދުގެ މެނިފެސްޓޯގައި އެކަން ފަރަށް ތަފްސީލްކޮށް ހިމެނިފައިވާނެ ކަމަށް ވިދާޅުވެފައެވެ.
ރައްޔިތުން ޖަލަށްލާ ވެރިއަކު ރައްޔިތުން ބޭނުމެއް ނުވޭ: އަލީ ޒާހިރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ