ހިތަދޫ މެދު ދާއިރާގެ ނަރުދަމާ ނިންމަން 12 މިލިޔަން ރުފިޔާއަށް ފެނަކަަށް

އައްޑޫ ސިޓީގެ ހިތަދޫ މެދުދާއިރާގެ ނަރުދަމާގެ ނިޒާމުގެ ނުނިމި އޮތްބައި ފުރިހަމަ ކުރަން 12 މިލިޔަން ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި އެވެ.
މި މަސައްކަތް ފެނަކައާ ހަވާލު ކުރުމަށް މިއަދު ވަނީ ކޮންޓްރެކްޓް އެގްރީމެންޓުގައި ސޮއިވެސް ކޮށްފަ އެވެ.
ހިތަދޫ މެދު ސަރަޙައްދުގައި ގައި ނަރުދަމާގެ ނިޒާމުގެ ނުނިމި އޮތްބައި ގާއިމު ކުރުމުގެ ކޮންޓްރެކްޓް އެގްރީމެންޓްގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އެނާޖީގެ މިނިސްޓަރު ތޯރިގު އިބްރާހީމެވެ. ފެނަކައިގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލެވެ.
މިއަދު ސޮއި ކުރި ކޮންޓްރެކްޓްގެ ދަށުން ހިތަދޫގެ މެދު ސަރަޙައްދު ގެ ނަރުދަމާގެ ހިދުމަތް ފެނަކައިން އިން ދެމުންގެންދާނެ އެވެ. މި ކޮންޓްރެކްޓުގެ މުއްދަތަކީ 240 ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ