އިސްލާޙަކާއެކު 2018 ވަނަ އަހަރުގެ ދަޢުލަތުގެ ބަޖެޓު ކޮމެޓީން ފާސްކޮށްފި

2018 ވަނަ އަހަރަށް ދަޢުލަތުން ޚަރަދުވާނެކަމަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 27.9 ބިލިއަން ރުފިޔާގެ ބަޖެޓް، ބަޖެޓު ދިރާސާކުރި ކޮމެޓީގެ މެމްބަރުންގެ އިއްތިފާގުން މިއަދު ފާސްކޮށްފި އެވެ.ކޮމެޓީ ބައްދަލުވުމުގައި ބަޖެޓު ފާސް ކުރީ ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ ޕީޕީއެމާއި އެމްޑީއޭގެ 12 މެމްބަރުންގެ އިއްތިފާގުންނެވެ. އިދިކޮޅު ފަރާތްތަކުން ވަނީ ބަޖެޓު ފާސްކުރުމަށް ބޭއްވި ކޮމެޓީ ބައްދަލުވުން ބޮއިކޮޓްކޮށްފައެވެ. އެހެންކަމުން މިބައްދަލުވުމަށް އިދިކޮޅު އެއްވެސް މެމްބަރަކު ހާޒިރުވެފައެއް ނުވެއެވެ.ބަޖެޓު ފާސް ކުރި އިރު، އަދަދަށް ބަދަލެއް ނުގެނައި ނަމަވެސް، ބަޖެޓު ފާސް ކުރީ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ބަޖެޓުގައި ހިމެނި މަޝްރޫއެއް އެހެން ރަށަކަށް ބަދަލުކޮށް، ތިން ރިކޮމެންޑޭޝަނާ އެކުގަ އެވެ.އެގޮތުން ގެނަސްފައިވާ ބަދަލަކީ ކ. ކާށިދޫގައި ޖަލެއް އެޅުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައި އޮތް އޮތުމެވެ. ކޮމެޓީން ފާސްކޮށްފައިވަނީ އެ ފައިސާ އިން އެ އަތޮޅު ހުރާގެ ބިން ހިއްކުމަށެވެ.ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މިހާތަނަށް ހުށަހެޅި އެންމެ ބޮޑު ބަޖެޓުގައި ހަރަދު ކުރަން ހިމަނާފައި އޮތީ 24.9 ބިލިއަން ރުފިޔާ އެވެ. އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 22.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އެއީ ޓެކްސްގެ ގޮތުގައި ލިބޭ 16.3 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން ގޮތުގައި ލިބޭ 5.2 ބިލިއަން ރުފިޔާ އާއި އެހެނިހެން ފަންޑުތަކާއި ހިލޭ އެހީގެ ގޮތުގައި ލިބޭ 858 މިލިއަން ރުފިޔާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ