ސުޕްރީމް ކޯޓު އަމުރު ނެރެފައިވަނީ ދައުލަތުގެ ލަފާ ނުހޯދާ - ސަރުކާރުގެ ތަރުޖަމާން
ސުޕްރީމް ކޯޓުން ނެރުނު އަމުރު ގެ ސައްހަ ކަން ކަށަވަރު ކުރުމަށްޓަކައި މަސައްކަތް ކުރަމުން ދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ބައިނަލްއަގްވާމީ ތަރުޖަމާން އިސްމާއިލް ޝިހާބް ވިދާޅުވެއްޖެއެވެ.ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ފަރާތުން ތަރުޖަމާން އިސްމާއިލް ޝިހާބް ވިދާޅުވީ، ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ޤަނޫނު ތަކަށާއި ޖިނާޢީ އިޖުރާތުގެ ޤަނޫނުއަށް ރައްދުވާ އަމުރު އަކަށް ވާއިރު، ސުޕްރީމް ކޯޓުން އަމުރު ނެރެފައިވަނީ ދައުލަތުގެ ބަނޑާރަ ނައިބްއާއި ޕުރޮސެކިއުޓާރ ޖެނެރަލް އޮފީހުގެ އެއްވެސް ލަފަޔެއް ނުހޯދާކަމަށެވެ.ޝިހާބް އިތުރަށް ވިދާޅުވެފައިވަނީ، މިއަދުގެ ސަރުކާޜުން ދަނީ، ސުޕްރީމް ކޯޓުގެ ލަފާ ހޯދުމަށް ކަމަށާއި، އަދި ނިޒާމްގެ ތެރެއިން މި އަމުރައް ތަންފީޒް ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ