ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަޤާމުގައި ހުންނެވި, ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމުގެ ދަރިކަނބަލުން ދުންޔާ މައުމޫނުގެ އިހްލާސްތެރިކަމާމެދު މެމްބަރު ރޮޒައިނާ ސުވާލު އުފައްދަވާފައިވަނީ މިއަދު ބައްޕާފުޅު ހަނދާވެގެން ކުރެއްވި ޓްވީޓަކާގުޅިގެންނެވެ.
ދުންޔާ މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ "މިސްޔޫ ބައްޕަ، ހޯޕް ޔޫ ވިލްބީ ހޯމް ސޫން އިންޝާﷲ" މިހެންނެވެ.
އަދުގެ ސަރުކާރުން ޤައުމާއި ދުންޔާގެ އާއިލާއަށް ކޮންމެ ގޮތެއް ހެދި ނަމަވެސް ސަރުކާރުގައި ދެމި ހުންނަވާތީ އެތައް ބައެއްގެ ފާޑު ކިޔުންތައް އަމާޒުވެފައި ދުންޔާ މި ޓްވީޓެއް ކުރައްވާފައިވަނީ, ރޭ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ފުހުންނާއި އެމް އެންޑީއެފުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ބައްޕާފުޅު ރައީސް މައުމޫނު ހައްޔަރުކޮށް ދޫނިދޫގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަވަނިކޮށެވެ.
ރޮޒައިނާވެސް ވިދާޅުވީ އެފަދަ ވާހަކައެކެވެ. ދުންޔާ އަށް ސުވާލު ކުރިމަތި ކުރުވައި ކުރެއްވި ޓުވީޓުގައިވަނީ ރައީސް ސަރުކާރުގެ އަމަލުތަކުގެ ސަބަބުން މައުމޫނާއި ލޭގެ ގުޅުމެއްނެތް ފަރާތްތަކުންވެސް އިސްތިއުފާ ދެމުން ގެންދާއިރު ދުންޔާ ރައީސް ޔާމީންގެ ސަރުކާރުގައި ހުންނަވާތީ ދުންޔާގެ އިހްލާސްތެރިކަމާއި މެދު ސުވާލު އުފެދޭކަމުގައެވެ.
ރައީސް ޔާމީނުގެ ސަރުކާރުގެ ފުރަތަމަ ފޮރިންގ މިނިސްޓަރު މަޤާމުގައި ހުންނެވި ދުންޔާ ބައްޕާފުޅު ހައްޔަރުކޮށްގެން ގެންދާއިރުވެސް ސަރުކާރުގައި ރައީސް ޔާމީން އަރިހުގައި ހުންނަވަނީ މާއްދީ ފައިދާ ތަކަކަށްޓަކައި ކަމަށްބުނެ އެތައް ފަރާތަކުން ދުންޔާއަށް އަންނަނީ ފާޑު ކިޔަމުންނެވެ.
ރޭ ރައީސް މައުމޫނު ހައްޔަރު ކޮށްގެން ގެންދިޔަ ވަގުތުވެސް ދުންޔާ އަރިހުގައި ހުންނެވިއެވެ. އަދި ދުންޔާވަނީ ބައްޕާފުޅަށް ރައްކާތެރިކަން ދެއްވުން އެދި ދުޢާ ކުރައްވާފައެވެ.
ދުންޔާގެ އިހްލާސްތެރިކަމާމެކު މެމްބަރު ރޮއިޒާ ސުވާލު އުފައްދަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ