އިޒްރޭލުގެ ވެރިރަށްކަމަށް ގުދުސް ހަމަޖެއްސުމަކީ ނާއިންސާފަށް ދެވޭ ތާއީދެއް: މައުމޫނު

އިސްރާއީލުގެ ވެރިރަށްކަމަށް ގުދުސް ހަމަޖެއްސުމަކީ ނާއިންސާފާއި ހަމަނުޖެހުމަށް ދެވޭ ތާއީދެއްކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫނު މިހެން ވިދާޅުވީ މިރޭ ކުރެއްވި ޓްވިޓެއްގައެވެ.The recognition of Jerusalem as the capital of Israel is clearly an act of support to injustice and aggression. It will further destabilise the region and obstruct the peace process.— Maumoon Abdul Gayoom (@maumoonagayoom) December 6, 2017ރައީސް މައުމޫނު ވިދާޅުވީ އިޒްރޭލުގެ ވެރިރަށްކަމަށް ގުދުސް ކަނޑައެޅުމަކީ ސަރަހައްދުގެ ހަމަޖެހުމަށް ހުރަސް އެޅޭނެ ކަމެއް ކަމަށާއި އެއީ ނާއިންސާފާއި ހަމަނުޖެހުމަށް ކުރެވޭ ތާއީދެއް ކަމުގައެވެ.
އެމެރިކާ ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ މީޑިއާތަކުން މިއަދު ބުނެފައިވާ ގޮތުގައި ގުދުސްއަކީ އިޒްރާއީލުގެ ވެރިރަށް ކަމަށް ކަނޑައެޅި ނަމަވެސް އެމެރިކާގެ އެމްބަސީ ގުދުސްއަށް ބަދަލު ކުރާނީ ފަހުންނެވެ. އެ މަސައްކަތް ފަސް ކޮށްފައިވަނީ އެމްބަސީ ބަދަލު ކުރާނެ އިމާރާތެއް އެޅެން ދެން ކަމަށް ވެސް އެމެރިކާ ސަރުކާރުން ބުނެއެވެ.
ގުދުސްއަކީ އިޒްރާއީލުގެ ވެރިރަށް ކަމަށް އެމެރިކާއިން ކަނޑައަޅާފައިވަނީ ދުނިޔޭގެ ބައެއް ގައުމުތަކާއި އިސްލާމީ އަދި އަރަބި ގައުމުތަކުން ދެކޮޅު ހަދަމުން ދަނިކޮށެވެ.
އެއާއެކު އެމެރިކާ ވެގެންދާނީ އިޒްރާއީލުގެ ވެރިރަށަކީ ގުދުސް ކަމަށް ބަލައިގަތް ފުރަތަމަ ގައުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ