ހެނބަދޫ ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ފައްޓަވައި ދެއްވައިފިއެވެ.
ހެނބަދޫ ބަނދަރު ސަރަހައްދުގައި މިއަދު ކުރިއަށްދިޔަ އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެރަށުގެ ނަރުދަމާ ނިޒާމުގެ މަސައްކަތް ފައްޓަވައިދެއްވުން އެދި ދެންނެވީ ޗަމްޕާ މުޙައްމަދު މޫސާއެވެ.
އެރަށުގެ ނަރުދަމާ ނިޒާމުގެ މަޝްރޫއުއަށް ފަންޑުކުރަނީ ޗަންޕާ ބްރަދާސް މޯލްޑިވްސް އިންނެވެ. މަޝްރޫއުގެ ކޮންޓްރެކްޓާއަކީ އަލްޓެކް މޯލްޑިވްސްއެވެ. އެ މަޝްރޫޢުގެ ދަށުން މުޅި ރަށުގައި ނަރުދަމާގެ ވިއުގައެއް ޤާއިމްކޮށް ޕަންޕް ސްޓޭޝަނަކާއި އިދާރީ އިމާރާތަކާއި އައުޓް ފޯލް ޕައިޕްލައިން އެޅުމަށް ވަނީ ހަމަޖެހިފައެވެ.
އެ މަސައްކަތް އަންނަ އަހަރުގެ އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހަށް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
ރާއްޖޭގެ ތިން އަތޮޅަކަށް ރައީސް ޔާމީން މިއަދު ފެއްޓެވި ދަތުރުފުޅުގައި ބައެއް ރަށްރަށުގައި ސަރުކާރުން ހިންގާ ބައެއް މަޝްރޫއުތަކުގެ ނިންމުން ފާހަގަ ކުރުމާއި ބައެއް މަޝްރޫއުތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ހެނބަދޫ ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ