ލިސްޓްގައި އަޅުގަނޑުގެ ނަން އެބައޮތް، ހިޔާނާތުގައި ބައިވެރިއެއްނުވަން، ތައްޔާރުމިވަނީ ދައުވާކުރަން – ކުރީގެ މެމްބަރު ޖައުފަރު

އެސެޓް ރެކަވަރީގެ ކޮމިޝަނުން ފޮނުވާފައިވާ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި ނަން އެބައޮތް ކަމަށާއި، ނަމަވެސް އެހިޔާނާތުގައި ބައިވެރި ނުވާކަމަށާއި، ކަނޑައެޅިގެން އެވަރުގެ ބޮޑު ދޮގެއް ހެދީތީ ދައުވާ ކުރުމަށް ތައްޔާރުވަމުން ދާކަމަށް އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޖައުފަރު ދާއޫދު ވިދާޅުވެއްޖެއެވެ.ޖައުފަރު މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓްވީޓެއް ގައެވެ.ރިޔާސީ ކޮމިޝަނުން ތައްޔާރު ކުރިކަމަށް ބުނާ ލިސްޓުގައި އަޅުގަނޑުގެ ނަން އެބައޮތް. ނަމަވެސް އެމް.އެމް.ޕީ.އާރ.ސީ ޚިޔާނާތުގައި އެއްވެސް ވަރެއްގެ ބައިވެރިވުމެއް އަޅުގަނޑުގެ ނޯންނާނެ، އެއީ ކަނޑައެޅިގެން ދޮގެއް. އަބުރުގެ ދަޢުވާ ކުރުމަށް މިދަނީ ތައްޔާރުވަމުން.— JaufarDawood (@Jaufar_Dawood) May 12, 2021ޖައުފަރުގެ ހިތްހަމަނުޖެހުން މިގޮތައް ހާމަކުރައްވާފައި ވާއިރު އެސެޓް ރެކަވަރީގެ ކޮމިޝަނުން ފޮނުވާފައިވާ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓު ފޮނުވި ގޮތަށް އާންމު ކުރުމަށް އެ ލިސްޓު ދިރާސާކުރި ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) ގެ ޖޮއިންޓް ކޮމިޓީއިން އާންމު ކުރަން މިއަދު ވަނީ ނިންމައިފައެވެ.އެއެމްޕީއާރްސީ މެދުވެރިކޮށް 55 ރަށެއް ދޫކޮށްފައި ވާއިރު 1.2 ބިލިއަން ރުފިޔާގެ ހިޔާނާތް ވަނީ ހިނގާފައެވެ. މާލެ އަތޮޅު ފިޔަވާ އެމްއެމްޕީއާރްސީ މެދުވެރިކޮށް އެންމެ ގިނަ ތަންތަން ދޫކޮށްފައި ވަނީ ރ. އަތޮޅުންނެވެ. އޭގެ ތެރޭގައި ރ.ހުރުވަޅި، ރ.އުތުރު މާފަރު، ރ.ފިލައިދޫ، ރ.ފިލައިދޫ ކައިރީގައިވާ ފުސްގަނޑު ފަޅު، ރ.ކޮތައިފަރު، ރ.ކުރޮށިގިރި، ރ.ބޮޑުފަރުފިނޮޅު، ރ.ވޭވަށް، ރ.ކަނޑޫގަނޑު، ރ.ހުރަވަޅި، ރ.އާރަށް، ރ.ފާރަފުށި، ރ.ގެމަނަ ހިމެނެވެ.އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓު ރައްޔިތުންގެ މަޖިލީހަށް ފޮނުވީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ.މި ޚިޔާނާތުގެ މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް ދައުލަތުން ގެއްލިގެން ދިޔަ ފައިސާ އަނބުރާ ދައުލަތަށް ހޯދުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. އެ ކަމަށް ޓަކައި ވެރިކަމުގެ ފުރަތަމަ ދުވަހު ރިޔާސީ ކޮމިޝަނެއް އުފެއްދިއެވެ. މިހާރު މި މައްސަލަ ތަހުގީގު ކުރަމުންދަނީ ރިޔާސީ ކޮމިޝަނާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހާއި، ފުލުހުން ގުޅިގެނެވެ. ޓެގްއެމްއެމްޕީއާރްސީގެ ހިޔާނާތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ