މަޝްވަރާއަށް ފުރުސަތު ދިނުމަށް ހަމަލާތައް މަޑުޖައްސާލައިފި

އިރާނާއެކު މަޝްވަރާތަކަށް ފުރުސަތު ދިނުމުގެ ގޮތުން، އެމެރިކާއިން އިރާނަށް ދެމުންދިޔަ ހަމަލާތައް މެދުކަނޑާލައްވާފައިވާ ކަމަށް އދ. އަށް ކަނޑައަޅާފައި ހުންނަވާ އެމެރިކާގެ ސަފީރު މައިކް ވޯލްޓްޒް ވިދާޅުވެއްޖެ އެވެ.
ފޮކްސް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ވޯލްޓްޒް ވިދާޅުވީ ރައީސް ޓްރަމްޕް މިވަގުތު މަޝްވަރާތަކަށް ކޮންމެވެސް ވަރެއްގެ ޖާގައެއް ދެއްވަމުން ގެންދަވާ ކަމަށެވެ.
MU STORE
MU STORE
Enterprise Development Industrial Pvt Ltd
އިރާނުގެ އަސްކަރިއްޔާގެ ތަރުޖަމާނަކު އާދީއްތަ ދުވަހު ވިދާޅުވީ ތެހެރާނުން ވެސް ސަރަހައްދީ ފެންވަރުގައި ދެމުންދިޔަ ބަދަލުހިފުމުގެ ހަމަލާތައް މިހާރު މެދުކަނޑާލާފައިވާ ކަމަށެވެ.
މި ނިންމުން އައިސްފައިވަނީ މިދިޔަ ޖޫން މަހު އެކުލަވާލި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އުވި، ފާއިތުވި ދެ ހަފުތާއެއްހާ ދުވަހު ދެ ގައުމުގެ މެދުގައި ވަރުގަދަ ހަމަލާތަކެއް ބަދަލުކުރަމުން ދަނިކޮށެވެ.
މި ހަމަލާތައް މެދުކަނޑާލުމަކީ ހަނގުރާމަ އިތުރަށް ފުޅާނުކުރުމަށް ނިންމި ނިންމުމެއްތޯ އެންބީސީން ސުވާލުކުރުމުން ވޯލްޓްޒް ވިދާޅުވީ އެހާ ހިސާބަށް އަދި ކަންކަން ނުދާ ކަމަށެވެ.
މިދިޔަ ޖޫން މަހު ދެ ގައުމުން ސޮއިކުރި އެއްބަސްވުމުގެ ދަށުން ކަނޑުއޮޅި ހުޅުވާލުމަށާއި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ނިންމި ނަމަވެސް، ޖުލައި 13 ގައި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާ ގުޅިގެން އެމެރިކާއިން ވަނީ އަލުން ހަމަލާތައް ފަށައި އީރާނުގެ ބަނދަރުތައް ބަންދުކޮށްފައެވެ.
މި ހަމަލާތަކުގައި އެމެރިކާގެ ހަތަރު ސިފައިން މަރުވެފައިވާއިރު، އިރާނުގެ ސިއްހީ ވުޒާރާއިން ބުނާ ގޮތުގައި އެމެރިކާގެ ހަމަލާތަކުގައި އެތައް ބަޔަކު ވަނީ މަރުވެފަ އެވެ. އިނގިރޭސިވިލާތުގެ ދިފާއީ ވަޒީރު ވެސް ވަނީ މި މައްސަލައިގައި އެމެރިކާއާ މަޝްވަރާކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިހާރު ވަނީ ފީފާއަކަށް 100 ޑޮލަރަށް އުފުލިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ