ސްކޮޓްލެންޑްގެ
ގްލާސްގޯގައި މިހާރު ކުރިއަށްދާ 23
ވަނަ
ކޮމަންވެލްތު ގޭމްސްގެ ތިން ވަނަ ދުވަހު،
ކުރިއަށްދިޔަ އިވެންޓްތަކުގައި ރާއްޖޭގެ
ގައުމީ ސްވިމިން ޓީމުގެ އަމްނާ ތަޒްކިޔާ
މިރުސާދު އާއި ލޫތު މުހައްމަދު ހުސެއިން
ގައުމީ ރެކޯޑްތަކެއް އާ ކޮށްފި އެވެ.
މި
ދެ ރެކޯޑާ އެކު، މި ފަހަރުގެ ކޮމަންވެލްތު
ގޭމްސްގައި ވާދަކުރާ ފެތުންތެރިން މި
ވަނީ ޖުމްލަ އެކު، ހަ ގައުމީ ރެކޯޑެއް
އާ ކޮށްފަ އެެވެ.
އިއްޔެގެ އިވެންޓްތަކުގައި، ތަޒްކިޔާ އާ ކުރީ
ވިމެންސް ފްރީސްޓައިލް 100
މީޓަރު
އިވެންޓުގެ ގައުމީ ރެކޯޑެެވެ.
މި
އިވެންޓްގައި ތަޒްކިޔާ ރެކޯޑް އާ ކުރީ،
1
މިނިޓް
02.74
ސިކުންތުން
ރޭސް ނިންމައިގެންނެވެ.
މީގެ
ކުރިން ވެސް މި ރެކޯޑް އޮތީ ތަޒްކިޔާ
އަތުގަ އެވެ.
އެއީ،
އޭޝިއަން އޯޕަން ސްކޫލް އިންވިޓޭޝަނަލް
މުބާރާތުގައި، 1
މިނިޓް
03.67
ސިކުންތުން
އިވެންޓް ނިންމައިގެންނެވެ.
މިއަދުގެ
50
މީޓަރު
ބްރެސްޓްސްޓްރޯކް އިވެންޓްގައި ލޫތު
ރެކޯޑް ހެދީ 31.54
ސިކުންތުން
ރޭސް ނިންމައިގެންނެވެ.
މީގެ
ކުރިން ވެސް މި ރެކޯޑް އޮތީ ލޫތު އަތުގަ
އެވެ.
އެއީ،
10
ވަނަ
ވޯލްޑް އެކުއަޓިކްސް ޖޫނިއާ މުބާރާތުގައި،
31.81
ސިކުންތުން
އިވެންޓް ފުރިހަމަކޮށްގެންނެވެެ.
މި
ފަހަރުގެ ގޭމްސްގައި ކުރިން ރާއްޖޭން
އާ ކުރި ގައުމީ ރެކޯޑްތަކަކީ، އަންހެނުންގެ
200
މީޓަރު
ފްރީސްޓައިލް އިވެންޓްގައި ވާދަކުރި
މެރާލް އައިން ލަތީފް ހެދި ރެކޯޑާއި
ހަތަރެއް ގުނަ 100
މީޓަރު
ފްރީ ސްޓައިލް އިވެންޓްގައި ވާދަކުރި
މިކްސް ރިލޭ ޓީމުން ހެދި ރެކޯޑްގެ
އިތުރުން، 50
މީޓަރު
ބެކްސްޓްރޯކް އިވެންޓުގައި ވާދަކޮށް،
އާން ހެދި ގައުމީ ރެކޯޑާއި 100
މީޓަރު
ބްރެސްޓްރޯކް އިވެންޓުގައި ވާދަކޮށް
ލޫތު
އާ ކުރި ގައުމީ ރެކޯޑެވެ.
ކޮމަންވެލްތު ގޭމްސްގައި މިއަދު ފެތުމުގެ އިވެންޓްތަކުގެ އިތުރުން، ރާއްޖޭގެ އެތުލީޓުން އެތުލެޓިކްސް އިވެންޓްތަކުގައި ވެސް ވާދަކުރާނެ އެވެ. މިއަދު އިވެންޓް އޮތް އެތުލީޓުންނަކީ، އަހްނާ ނިޒާރު، ޒިވާ މޫސާ ޝަފީއު، އައިޝަތު ޝަބާ ސަލީމް އަދި ހަސަން ސާއިދު އެވެ.
ކޮމަންވެލްތު ގޭމްސްގައި ތަޒްކިޔާ އާއި ލޫތު އަށް އިތުރު ގައުމީ ރެކޯޑްތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ