ދިއްފުށި އަދި ހުރާ ރައްޔިތުންނަށް ކާށިދޫ ރައްޔިތުން އެހީތެރިކަން ފޯރުކޮށްދީފި

ކޮވިޑް19 ޕޮޒިޓިވްވި ކޭސްތަކެއް ފެނުމުގެ ސަބަބުން އާއްމު ހާލަތު ދަށްވެ، ދިރިއުޅުމަށް ދަތިތައް ކުރިމަތިވެފައިވާ ދިއްފުށި އަދި ހުރާގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ކާށިދޫ ރައްޔިތުންގެ ފަރާތުން ތަކެތި ފޮނުވައިފިއެވެ.
އެގޮތުން މާލެ އަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާއިން މިމަހުގެ ފަސް ވަނަ ދުވަހު ނެރުނު އިއުލާނުގައި ވަނީ މި ދެރަށުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކެއިން ބުއިމަށް ބޭނުންވާ ތަކެތި ހާއްސަކޮށް އެރަށުގައި އުފައްދާ ދަނޑުވެރިކަމުގެ ބާވަތްތަކުގެ ތެރެއިން މަދުވެގެން 1 ފޮށިގަނޑުގެ މިންވަރު ކޮންމެ ގޭބިސީއަކުންވެސް ދިއްފުށި އަދި ހުރާގެ ރައްޔިތުންނަށް ހަދިޔާ ކުރުމަކީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.
Articl Inline Image
އަދި މިތަކެތި އެދެ ރަށުގެ ރައްޔިތުންނަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށް ކާށިދޫ ކައުންސިލުން ހާމަކުރެއެވެ. އެގޮތުން ގިނަ އަދަދެއްގެ ކާށި، ދޮންކެޔޮ، އަދި ދަނޑުތަކުގައި ހައްދާ އެކި ބާވަތްތައް ވަނީ ކާށިދޫގެ ރައްޔިތުން ހަދިޔާ ކުރުމަށްޓަކައި ގެންގޮސްފައެވެ.
Articl Inline Image
މީގެ ކުރިން ތުލުސްދޫ ކައުންސިލުން އިސްނަގައިގެންވެސް ވަނީ ކާރޑުގެ ބާވަތްތަކުގެ އިތުރުން ފެނާއި މަސްދަޅާއި ނޫޑުލުަސް ފަދަ ތަކެތި ހުރާ އަދި ދިއްފުށީ ރައްޔިތުންނަށް ހަދިޔާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ