ދެވަނަ ޑޯޒް: 14،951 މީހަކު ޖަހައިފި

ރާއްޖޭގައި އެންމެ އާންމުކޮށް ދެމުން އަންނަ ކޮވިޑާ ދެކޮޅު ވެކްސިން، ކޮވިޝީލްޑްގެ ދެވަނަ ޑޯޒް 14951 މީހަކު ޖަހައިފިއެވެ. އެޗް.ޕީ.އޭގެ ތަފާސްހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި މާލޭ ސަރަޙައްދުން 3،969 މީހަކު ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާއިރު، އަތޮޅުތަކުން 413 މީހަކު ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައިވެއެވެ. މިއާއެކު ރާއްޖެއިން ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދު ވަނީ 14،951 އަށް އަރާފައެވެ.މާލެ ސަރަހައްދުގައި އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިންއާއި ކޮވިޝީލްޑް ވެކްސިން ޖަހަމުން އަންނައިރު މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 9 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ.އަދި މާލެ ސަރަޙައްދުގައި ވެކްސިން ދިނުމަށް 2 މޯބައިލް ޓީމް އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި އޮތޮޅުތަކުން 237 ސެންޓަރެއްގައި އަންނަނީ ވެކްސިން ޖަހާދެމުންނެވެ.ވެކްސިން ދޭނީ މިހާރު ލިބިފައިވާ ޑޯޒްގެ ތެރެއިން 2 ޑޯޒް ފޯރުކޮށްދެވޭނެ އަދަދަށް ބަލައިގެންކަމަށާއި ވެކްސިން ދިނުމުގައި އުމުރުން ދޮށީ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށްވެސް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.ރާއްޖޭގައި ފުރަތަމަ ޖެހީ ކޮވިޝީލްޑް ވެކްސިންނެވެ. ދެވަނަ ޑޯޒް ދެނީ ކޮވިޝީލްޑް ޖެހި މީހުންނަށެވެ. އޭގެ ފަހުން މިހާރު ޖަހަމުން ދަނީ ޗައިނާގެ ސިނަފޯމް ވެކްސިނެވެ. ސިނަފޯމްގެ ދެވަނަ ޑޯޒް ފުރަތަމަ ޑޯޒް ޖަހާތާ ހަތަރު ހަފްތާ ފަހުން ދޭނެ އެވެ. އަދި ފައިޒާ-ބަޔޯންޓެކް ވެކްސިން އަންނަ އާދިއްތަ ދުވަހު ޖަހަން ރާއްޖެއިން ދަނީ ތައްޔާރުވަމުން ނެވެ.ކޮވިޝީލްޑްގެ ދެ ޑޯޒް ހަމަކުރުމުން ކޮވިޑް ބަލިން ރައްކާތެރިވުމުގެ ހިމާޔަތް 90 ޕަސެންޓަށް ގެންގޮސްދެ އެވެ. އަދި ބަލި ޖެހުނަސް ސީރިއަސް ހާލަތަކަށް ދިއުމުން ދުރުކޮށްދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ