މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ނިންމާފައިވާ އުމަރު ނަސީރު އެމްޑީޕީއާއި ޕީޕީއެމް ގާނޫނޫ އަސާސީ ބަދަލުކުރަން ސިއްރު ޑީލެއް ހެދިކަމަށް ބުނި ބުނުން ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ދޮގުކުރައްވައިފިއެވެ.
މިއަދު ހެނދުނު އުމަރު ކުރި ޓުވީޓެއްގައި ބުނެފައިވަނީ 22 ޖުލައި 2015 ވަނަ ދުވަހު ޕީޕީއެމްއާއި އެމްޑީޕީއިން ވަނީ ގާނޫނު އަސާސީ ބަދަލުކޮށް ދިވެހި ގައުމުގެ ބިންތައް ވިއްކުމަށް ސިއްރު ޑީލެއް ހަދާފައި ކަމަށެވެ.
އުމަރުގެ މި ޓުވީޓަށް ރައްދު ދެއްވަމުން ޕީޕީއެމްގެ ރައީސް މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ޕީޕީއެމް އިން އެއްވެސް ޕާޓީއަކާއި ގާނޫނު އަސާސީ ބަދަލުކުރުމަށް ޑީލެއް ހަދާފައި ނުވާނެ ކަމަށެވެ. ނަމަވެސް ފަހަރެއްގައި ސަރުކާރުގެ ވުޒާރާތަކުން އެފަދަ އަމަލެއް ކޮށްފައި ވެދާނެ ކަމަށާއި މައުލޫމާތު ފޯރުކުރާއިރު އޮޅުވާނުލުމަށް މައުމޫން އިލްތިމާސްކޮށްފައިވެއެވެ.
ރައީސް ޔާމީނުގެ ކެބިނެޓްގެ ހޯމް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު އުމަރު ނަސީރުގެ ފާޑުކިޔުންތައް ވަނީ ރައީސް ޔާމީނަށް މެދުކެނޑުމަށް ފަހު އެނބުރި އަމާޒުވެފައެވެ.
ޕީޕީއެމް ގާނޫނު އަސާސީ ބަދަލުކުރުމަށް ޑީލެއް ހަދާފައެއް ނުވޭ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ