އިންޓަރ ސްކޫލު ވޮލީމުބާރާތުގެ 16 އަހަރުން ދަށުގެ ޗެމްޕިއަންކަން ބ. ގޮއިދޫ ސްކޫލުން ޖެހިޖެހިގެން ތިންވަނަ ފަހަރަށް ހޯދާ، ތަށިމިލްކް ކޮށްފި.

އިންޓަރ ސްކޫލު ވޮލީމުބާރާތުގެ 16 އަހަރުން ދަށުގެ އަންހެންބައިގެ ތަށި ބ. ގޮއިދޫ ސްކޫލުންމިލްކް ކޮށްފިއެވެ.
ބ. ގޮއިދޫ ސްކޫލުން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާ، ތަށި މިލްކު ކުރީ ރޭ ކުޅުނު ފައިނަލު މެޗުގައި އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލު ބަލިކުރުމަށްފަހުއެވެ.
މާލޭ އިޖުތިމާޢީ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު ފޯރިގަދަ މެޗުގެ ފުރަތަމަ ސެޓު އަޙްމަދިއްޔާ އިން ގެމްދިޔައީ 14-25 ންނެވެ. ނަމަވެސް ގޮއިދޫ އިން ވަނީ ފަހަތުން އަރާ 16-25 އާއި 17-25 އަދި 21-25 ން ކާމިޔާބުކޮށްފައެވެ. އެހެންކަމުން ގޮއިދޫއަށް ޗެމްޕިއަންކަން ލިބުނީ 1-3 ސެޓުންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކީ ގޮއިދޫ ސްކޫލުގެ އައިމިނަތު އަފާފް ނިޒާމްއެވެ.
ބ. ގޮއިދޫ ސްކޫލުން ޖެހިގެން 3 ވަނަ ފަހަރަށް އިންޓަރ ސްކޫލް ވޮލީ މުބާރާތުގެ ތަށި ހޯދާ މިލްކު ކޮށްފައިވާ އިރު، އެ ސްކޫލުން ވަނީ ބީޗް ވޮލީ މުބާރާތުގެ ތަށިވެސް މިލްކް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ