ސިވިލް ކޯޓުން ކުރި ހުކުމްގައި ހުރި ކަންކަން ސާފުކުރަން އީސީން އަނެއްކާވެސް ކޯޓަށް

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރަން ސިވިލް ކޯޓުން ކުރި ހުކުމުގައި، ހުރި ކަންކަން ސާފުކުރަން އިލެކްޝަންސް ކޮމިޝަނުން ހައި ކޯޓަށް މައްސަލައެއް ހުށައަޅައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ހައިކޯޓަށް މައްސަލަ ހުށައެޅީ ސިވިލް ކޯޓުގެ ހުކުމުގައި ހުރި ބައެއް ކަންކަމަށް ހުކުމެއް ހޯދުމަށް ކަމަށެވެ.
ވެރިކަން ކުރާ ޕީޕީއެމްއިން ހުށައެޅި މައްސަލައަކާއި ގުޅިގެން ސިވިލް ކޯޓުން ވަނީ، ކައުންސިލް އިންތިހާބު ދެ މަސްދުވަހަށް ފަސްކުރަން ހުކުމްކޮށްފައެވެ. އެ ހުކުމް ހައިކޯޓުގައި އިލެކްޝަންސް ކޮމިޝަނުން އިސްތިއުފާންކުރި ނަމަވެސް، ސިޔާސީ ޕާޓީތަކުގެ ލަފާގެ މަތިން، އެ ކޮމިޝަނުން ފަހުން ވަނީ އިސްތިއުނާފަށް ހުށައެޅި މައްސަލަ އަނބުރާ ގެންގޮސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ