އެންސިސް ފިޝަރީޒްގެ 2.7 މިލިއަން ރުފިޔާ ފޭރިގަތް މައްސަލައިގައި އިތުރު މީހަކު ކޯޓު އަމުރެއްގެ ދަށުން މ. މުލަކުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ 20 އަހަރުގެ މި މީހާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 14 ވަނަ ދުވަހުގައެވެ. އަދި މީނާ އަކީ ފޭރުމުގައި އަމަލީގޮތުން ބައިވެރިވި މީހެއްކަމަށާއި، މީނާ އަތުލައިގަނެވުނީ ފިލައިގެން އުޅެނިކޮށް މ. މުލަކުން ކަމަށެވެ. އަދި ކޯޓުން އޭނާގެ ބަންދަށް 14 ދުވަހުގެ މުއްދަތެއް ޖަހާފައިވާކަމަށާއި، މި މައްސަލައާއި ގުޅިގެން ފަސް މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބިކަމަށް ފުލުހުން މައުލޫމާތުދެއެވެ.
އެންސިސްގެ ފޭރުމުގެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހުޅުމާލެއިން ވެސް ވަނީ ދެމީހަކު ހައްޔަރުކޮށްފައެވެ. ހުޅުމާލެއިން ހައްޔަރުކޮށްފައި ވަނީ އުމުރުން 23 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ އަންހެނެއް ކަމަށް ފުލުހުން ބުނެއެވެ.
އެންސިސްގެ 2.7 މިލިއަން ރުފިޔާ ފޭރިގެންފައިވަނީ މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު ހުޅުމާލޭ ސެންޓްރޯ މޯލްގައި ހުންނަ މޮރިޝަސް ބޭންކްގެ ބްރާންޗުން ފައިސާ ނަގައިގެން، އެންސިސްގެ މުވައްޒަފު ވެހިކަލަށް އަަރަން އުޅެނިކޮށް ސައިކަލެއްގައި ދިޔަ ދެ މީހެކެވެ. ފޭރުނު މީހުން ތިބީ މޫނު ނިވާނުކޮށްގެން ކަމަށް ވިޔަސް އެ ސަރަހައްދުގައި ހުރި ސީސީޓީވީ ކެމެރާތަކަށް އަރާނެ ކަމަށް އެންސިސް އިން ބުނެފައިވެއެވެ.
އެންސިސްގެ ފައިސާ ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ