މާލޭގައި ކޮވިޑް ފެތުރެން ފެށީ އިރުޝާދުތަކަށް ކަމޭ ނުހިތީމާ: މައުމޫން

ދިނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖޭގައި ހަލުވިކަމާއި އެކު ފެތުރެން ފެށީ އަމިއްލައަށް އިހުމާލުވުމުން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ. ޓްރެވަލް ހިސްޓްރީއެއް ނެތް ރާއްޖޭގައި ހުރި މީހެއްގެ ފުށުން ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނު ކަން އެނގުނީ ބުުދަ ދުވަހު އެވެ. އޭގެ ފަހުން މިހާރު މާލެ އިން ވަނީ ހަ މީހަކު އެ ބައްޔަށް ޕޮޒިޓިވް ވެފަ އެވެ. އެތައް ބަޔަކު ތިބީ ކަރަންޓީނުގަ އެވެ. އެކަމާއި ގުޅިގެން ރާއްޖޭގައި ތިރީސް އަހަރު ވެރިކަން ކުރެއްވި، ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގައި ހަލުވިކަމާއި އެކު ކޮވިޑް-19 ފެތުރެން ފެށީ އިރުޝާދުތަކަށް ބޯ ނުލަބައި އަމިއްލައަށް އިހުމާލުވުމުން ކަމަށެވެ. https://twitter.com/maumoonagayoom/status/1251033964871061505 ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 އަށް 27 މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރެއިން ހަތް މީހަކު ޕޮޒިޓިވް ވެފައިވަނީ ވެރި ރަށް މާލެ އިންނެވެ. މިދިޔަ ބުދަ ދުވަހު ޕޮޒިޓިވްވި އެ މީހާ އަކީ ޓްރެވަލް ހިސްޓްރީއެއް ނެތް، އަދި މީގެ ކުރިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހަކާ ޑައިރެކްޓް ކޮންޓެކްޓިވްވި މީހެއް ކަން އެނގެން ނެތް ކަމަށް ވެސް އެޗްޕީއޭ އިން ބުނެ އެވެ. އެހެން ކަމުން އޭނާއަށް ވައިރަސް ޖެހިފައިވަނީ ކިހިނެއްކަން ހޯދުމަށް ވަނީ ދަތިތަކެއް ކުރިމަތި ވެފަ އެވެ. ކޮވިޑް-19 މާލޭގައި ފެތުރެން ފަށާފައިވާއިރު، މާލެ ސަރަހައްދު ވަނީ 14 ދުވަހަށް ލޮކްޑައުން ކުރުމަށް ވެސް ނިންމާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ