ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް މިރޭ ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.
ރިޔާޒް ފުލުހަށް ހާޒިރުވާން އަންގާފައިވަނީ ހަގީގަތާ ޚިލާފް ދޮގު ވާހަކަ ފަތުރައި، ފިތުނަ އުފައްދަން މަސައްކަތް ކުރުމާއި ފުލުހުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި، ފުލުހުންގެ މުއައްސަސާ ބަދުނާމްކޮށް، ދޮގު ވާހަކަތައް މީޑިއާ މެދުވެރިކޮށް ދައްކާ ކަމަށް ތުހުމަތުކޮށެވެ. އެ މައްސަލައިގައި ރިޔާޒް މިރޭ ހާޒިރުކުރަނީ ސުވާލުކޮށް، ބަޔާން ނެގުމަށް ކަމަށް އޭނާ އަށް ފުލުހުން ފޮނުވި ޗިޓްގައިވެ އެވެ.
ރިޔާޒް ފުލުހަށް ހާޒިރު ކުރާ އިރު މިދިޔަ ޖުލައި މަހު އިދިކޮޅު މެމްބަރުން ގަދަކަމުން މަޖިލީހަށް ވަން މައްސަލައިގައި ދައުލަތުން ދައުވާ ކުރާ މެމްބަރުންގެ ތެރޭގައި ރިޔާޒް ވެސް ހިމެނިވަޑައިގަންނަވަ އެވެ. އެ މައްސަލައިގެ ޝަރީއަތް މިހާރު ވަނީ ފަށައިފަ އެވެ.
މީގެ އިތުރުން ފުލުހުންގެ ތަހުގީގެއްގައި ރިޔާޒްގެ ފޯނު ހުޅުވައި ނުދިން ކަމަށް ބުނެ ރިޔާޒަށް ކުރި ދައުވާ ސާބިތުނުވި މައްސަލަ ވެސް ދައުލަތުން އޮތީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.
މެމްބަރު ރިޔާޒް މިރޭ ފުލުހަށް ހާޒިރުވާން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ