ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙުމަދު މަޚުލޫފުގެ ޕާސްޕޯޓު ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓައިފިއެވެ.
ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަޙުލޫފުގެ ޕާސްޕޯޓު ހިފެހެއްޓީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ހަރަކާތްތެރިވި ސިފައިންގެ ޤާނޫނީ ވާޖިބަށް ހުރަސް އަޅައި ސިފައިންނާއި މެދު މަޖިލީހުގެ މެންބަރުންތަކެއް މާރާމާރީ ހިންގާފައިވާ ކަމަށް ތުހުމަތުކުރުވޭ މައްސަލައިގެ ތަހުގީގަށް ކަމަށެވެ.
މަޚުލޫފު ފުރައިގެން ގޮސްފިނަމަ ތަހުގީގަށް ހުރަސް އެޅިދާނެތީ މަޚުލޫފުގެ ޕާސްޕޯޓު ވަނީ އެއްމަސް ދުވަސް ވަންދެން ހިފަހައްޓާފައެވެ. އަދި އޭނާގެ ޕާސްޕޯޓު ހިފެހެއްޓީ ފިއްލަވައިގެން ސްރީލަންކާއަށް ވަޑައިގަންނަވަން އުޅުއްވާ ކަމުގެ ތުހުމަތުގައެވެ. އަދި އެ ފިޔަވަޅު އެޅުއްވީ ޖާސޫސީ މަޢުލޫމާތެއްގެ އަލީގައެވެ.
މަޚުލޫފުގެ މައްސަލައެއް ފުލުހުން ބަލަމުން އަންނައިރު ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅިކަމުގެ ދެ ދައުވާއެއް ސާބިތުވެގެން މީގެ ކުރިން އޭނާ ވަނީ ޖަލަށް ވެސް ލާފައެވެ.
އަހުމަދު މަޚުލޫފުގެ ޕާސްޕޯޓު ހިފަހައްޓައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ