ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަކީ ޕީޕީއެމްގެ ރައީސްކަން އަންގައިދޭ ލިޔުމެއް ހޯދަން މައުމޫނު އަނެއްކާވެސް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިިފި އެވެ.
މައުމޫނަކީ ޕީޕީއެމްގެ ރައީސްކަން އަންގައިދޭ ލިޔުމެއް ހޯދަން މީގެކުރިންވެސް މައުމޫނު ވަނީ އިލެކްޝަންސް ކޮމިޝަނަށް ސިޓީއެއް ހުށަހަޅުއްވާފަ އެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން އެމަނިކުފާނަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ޕާޓީތަކާ ގުޅޭ މައުލޫމާތު ދޭނީ އެ ޕާޓީއަކުން ކަމަށެވެ.
މި ފަހަރު މައުމޫން އެކަމަށް އެދިވަޑައިގަތީ މައުލޫމާތު ހޯދުމާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ތިންވަނަ ބާބުގެ ހަވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.
މައުމޫނަކީ ޕާޓީގެ ރައީސްކަން އަންގައިދޭ ލިޔުމުގެ އިތުރުން އެ ޕާޓީގެ ފުރަތަމަ ކޮންގްރެސްގެ ޔައުމިއްޔާގެ ކޮޕީއެއް ހޯދަން ވެސް މައުމޫން މި ފަހަރު އެދިވަޑައިގަތެވެ. އެކަމަށް އެދިވަޑައިގަތީ އެމަނިކުފާނު ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެން ކަމަށްވެސް ވިދާޅުވެފައިވެ އެވެ. ނަމަވެސް ކޯޓުން އިއްޔެ ވަނީ އެ މައްސަލަ ބޭރު ކޮށްލައިފަ އެވެ.
ޕާޓީގެ ރައީސްކަން އަންގައިދޭ ލިޔުން ހޯޯދަން މައުމޫނު އަނެއްކާވެސް ހުށަހަޅުއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ