ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ކަނޑައަޅާ ފައިސާގެ އަދަދު މަދުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން ސިޔާސީ ޕާޓީތަކުގެ ގާނޫނަށް މި އިސްލާހު ހުށަހަޅުއްވާފައިވަނީ ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލު އުސްމާނެއެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ޖަމީލު އުސްމާން އިސްލާހު ހުށައަޅާފައި ވަނީ އެ ގާނޫނުގެ 35 ވަނަ މާއްދާއަށެވެ.
ހުށައަޅާފައިވާ އިސްލާހުގައި ބުނެފައި ވަނީ ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާގެ ގޮތުގައި ކަނޑައެޅޭނީ ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް އެ އަހަރުގެ ބަޖެޓްގައި ކަނޑައަޅާ އަދަދު 0.05 ޕަސެންޓް ކަމަށެވެ. އަދި ޕާޓީތަކަށް ދޫކުރާ ފައިސާގެ ޖުމްލަ އަދަދު ދިހަ މިލިއަން ރުފިޔާއަށް ވުރެ އިތުރުވެގެން ނުވާނެ ކަމަށް ވެސް އެ އިސްލާހުގައި ބުނެފައެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 35 ވަނަ މާއްދާގައި މިހާރު ބުނެފައިވާ ގޮތުން ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާ ވާންވާނީ ކޮންމެ އަހަރެއްގައި ދައުކަތުގެ ބަޖެޓުގައި އެކަމަށް ކަނޑައަޅި ދޫކުރެވޭ ފައިސާއަށް ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާއަކީ ދައުލަތުގެ އަހަރީ ބަޖެޓުގެ 0.1 ޕަސެންޓާއި 0.2 ޕަސެންޓާއާ ދެމެދުގެ އަދަދަކަށް ވާންޖެހޭނެ ކަމަށް ވެސް އެ މާއްދާގައި ބުނެފައިވެއެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ސިޔާސީ ޕާޓީތަކަށް ކަނޑައަޅާ ފައިސާ މަދުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ