ޕެރަގުއޭ އަތުން މޮޅުވެ ފްރާންސުން ވޯލްޑް ކަޕްގެ ކުއާޓާގައި މޮރޮކޯއާ ދެކޮޅަށް

ފިލަޑެލްފިއާ، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 5) - ޕެރަގުއޭ އަތުން 1-0 އިން މޮޅުވެ، ފްރާންސް އިން ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި މޮރޮކޯއާ ދެކޮޅަށް ކުޅެން ޖެހިއްޖެ އެވެ. 
މިއީ، ފްރާންސުން ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ޖެހިޖެހިގެން ވާދަކުރާ ހަތަރު ވަނަ ފަހަރެވެ. މީގެ ކުރިން، ވޯލްޑް ކަޕްގައި މި ރެކޯޑް ހާސިލްކުރީ ވެސްޓް ޖާމަނީ އާއި ބްރެޒިލުންނެވެ.
ވެސްޓް ޖާމަނީން އަށް ޑިހައިން ފެށިގެން ނުވަ ދިހައާ ހަމައަށް ހަތަރު ވޯލްޑް ކަޕެއްގެ ކުއާޓާގައި ކުޅުނުއިރު، ބްރެޒިލުން ވަނީ ނުވަ ދިހައިން ފެށިގެން ދެހާހުގެ ކުރީކޮޅާ ހަމައަށް ހަތަރު ވޯލްޑް ކަޕެއްގެ ގަދަ އަށެއްގައި ހިމެނި ކުއާޓާގައި ކުޅެފަ އެވެ. 
މި ފަހަރުގެ ވޯލްޑް ކަޕް ބާއްވާ އެއް ގައުމު ކަމަށްވާ ކެނަޑާ 3-0 އިން ބަލިކޮށް، މޮރޮކޯ އިން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި. އަޒެއްދީން އުނާހީ ކާމިޔާބުކުރި ދެ ލަނޑާއެކު މޮރޮކޯ މޮޅުވިއިރު، މިއީ އެ ޓީމުން ވޯލްޑް ކަޕްގައި ހޯދި ބޮޑު ކާމިޔާބީއެއް.
ފްރާންސާ ދެކޮޅަށް މި ފަހަރުގެ ކުއާޓާ ފައިނަލުަގައި ކުޅޭނެ މޮރޮކޯ އިން ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުކުރީ މި މުބާރާތުގެ އެއް ހޯސްޓް ކަމަށްވާ ކެނަޑާ 3-0 އިން ބަލިކޮށްފަ އެވެ.
ގަދަ 32 ޓީމުގެ ބުރުގައި ޖަރުމަނު ކަޓުވާލި ޕެރަގުއޭ އިން ވަނީ ފްރާންސް ހިފެހެއްޓުމުގައި މެޗުގެ ބޮޑުބައި ކުރިހޯދައިފަ އެެވެ. އެ ގޮތުން، އެ ޓީމުން ފުރަަތަމަ ހާފު ނިންމާލީ ފްރާންސަށް ލަނޑެއް ޖެހިޔަނުދީ ހިފަހައްޓައިގެންނެވެ. 
ޖަރުމަނާ ދެކޮޅަށް ޕެރަގުއޭ އިން ޑިފެންސަށް ވިސްނައިގެން ދެއްކި ރަނގަޅު ކުޅުން އެ ޓީމުން ވަނީ ފްރާންސާ ދެކޮޅަށް ވެސް ތަކުރާރުކޮށްފަ އެވެ.
ދެ ވަނަ ހާފުގައި ފްރާންސްގެ ރަނގަޅު ހަމަލާއެއް މަނޫ ކޯނޭ ފޮނުވާލި އެވެ. އެކަމަކު، ޕެރަގުއޭގެ ކީޕަރު، އޮލާންޑޯ ގިލް ވަނީ މަތަކޮށްފަ އެވެ. 
ތިރީސް އަށް ޑިގްރީ ސެލްސިއަސްގައި ހޫނުމިން ހުއްޓައި ކުޅެން ޖެހުނު މި މެޗުގައި ފްރާންސް އިން ލީޑުނެގީ 70 ވަނަ މިނިޓްގަ އެވެ. މިއީ، ޕެރެގުއޭގެ ޑިފެންޑަރު، ޑިއޭގޯ ގޯމޭސް، އެ ޓީމުގެ އޭރިއާތެރެއިން ފްރާންސްގެ ޑެޒީރޭ ޑޫއޭ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. އެ ޕެނަލްޓީ ޖަހަން ދިޔަ ކީލިއަން އެމްބާޕޭ ވަނީ ހަމަޖެހިލައިފައި ގޯލަށް ފޮނުވާލައިފަ އެވެ. މިއީ، އެމްބާޕޭ، މި ވޯލްޑް ކަޕްގައި ޖެހި ހަތް ވަަނަ ގޯލެވެ. އަދި، ވޯލްޑް ކަޕް މުބާރާތްތަކުގައި 19 މެޗުން ޖެހި 19 ވަނަ ގޯލެވެެ. 
މެޗުގެ 88 ވަނަ މިނިޓްގައި އޭރިއާބޭރުން އެމްބާޕޭ ޖެހި ޝޮޓެއް ކީޕަރު ގިލް ވަނީ މަތަކޮށްފަ އެވެ. އޭގެ ދެ މިނިޓް ފަހުން، ޕެރަގުއޭގެ މައުރީޒިއޯ އޭރިއާބޭރުން ޖެހި ބޯޅައެއް ފްރާންސްގެ ކީޕަރު، މައިކް މައިންނޯން ވަނީ އަތަށް ނަގައިފަ އެވެ.
އިތުރު ވަގުތުގެ ހަ ވަނަ މިނިޓްގައި ފްރާންސަށް ދެ ވަނަ ގޯލެއް ޖަަހައައިދޭން އެމްބާޕޭ ފުލުފުލުގައި ފޮނުވާލި ދެ ހަމަލާ ވެސް ކީޕަރު ގިލް ވަނީ މަތަކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ