ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުލްބާރީ ސަސްޕެންޑްކޮށްފި

ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުލް ބާރީ ޔޫސުފް ބަލަމުންދާ މައްސަލައަކާއި ގުޅިގެން ސަސްޕެންޑްކޮށްފައިވާ ކަމަށް  ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފި އެވެ.
ޖޭއެސްސީގެ އޮފިޝަލަކު ވިދާޅުވީ ގާޒީ ބާރީ ސަސްޕެންޑްކޮށްފައިވަނީ ބަލަމުންދާ މައްސަލައަކާ ގުޅިގެން އެ ކޮމިޝަނުން ވަކި އެއްޗެއް އަންގަންދެން ކަމަށާއި އެމައްސަލަ އާއި ބެހޭ އިތުރު އެއްވެސް ތަފްސީލެއް ދެވެން ނެތް ކަމަށެވެ.
ނަމަވެސް އެނގިފައިވާ ގޮތުގައި ގާޒީ ބާރީ ސަސްޕެންޑްކުރީ އަޚުލާގީ މައްސަލައަކާ ގުޅިގެންނެވެ.
ގާޒީ ބާރީއަކީ ކްރިމިނަލް ކޯޓުގައި ބޮޑެތި މައްސަލަތައް ބައްލަވާފައިވާ ގާޒީއެކެވެ.  އަދި ބާރީއަކީ ޖިނާއީ މައްސަލަތަކުގެ ޝަރީއަތް ކުރަމުން އަންނަތާ ހަތް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ގާޒީ އެކެވެ.
އޭނާ މިހާތަނަށް ބެއްލެވި މައްސަލަތަކުގެ ތެރޭގައި ހއ. ހޯރަފުށީގައި ކުރީގެ ރައީސް މައުމޫނަށް ވަޅިއަކުން ހަމަލާދޭން އުޅުނު މައްސަލަ އާޢި ކ. ކާށިދޫގައި ފުލުހުސް އޮފިސަރު އާދަމް ހަލީމް މަރާލި މައްސަލަ އާއި ށ. ބިލެތްފަހީގައި ބިދޭސީއަކު މަރާލި މައްސަލަ އާއި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތު ކުރެވޭތީ ދައުލަތުން ދައުވާކުރި ހ. ރީނދޫގޭ އާދަމް ނަސީރު އަބޫބަކުރުގެ މައްސަލަ އާ ޏ. ފުވައްމުލަކު ޑެއިލީބްލޫ، އަބްދުއްލަތީފް މުހައްމަދުގެ މައްސަލަ ވެސް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ