ޑަބުލިއުއެސްއޭ ކުޅުދުއްފުށީ ބެޑްމިންޓަން މުބާރާތުގެ ޗެމްޕިއަންކަން ބެޓެލް ޑޯއާއި ޝޯޓް ކަޓްސް ކާމިއާބު ކޮށްފި

ޑަބްލިއު ސްޕޯޓްސް އެކަޑެމީ އާއި ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ގުޅިގެން ކުޅުދުއްފުށީގައި ބޭއްވި އާބަން ރޫޓްސް ޑަބްލިއުއެސްއޭ ކުޅުދުއްފުށީ ބެޑްމިންޓަން ޗެލެންޖް ބެޓެލް ޑޯއާއި ޝޯޓް ކަޓްސް ކާމިޔާބު ކޮށްފި އެވެ.
ފިރިހެން އަދި އަންހެން ޑިވިޝަން އަށް ބައިވެރިވެވޭގޮތަށް މި މަހު 10 ކުން 15 އަށް ކުޅުދުއްފުށީ ސްޕޯޓްސް އެރީނާގެ އިންޑޯކޯޓުގައި ކުރިއަށްގެންދިޔަ މި މުބާރާތުގައި 90 ކުޅުންތެރިން ބައިވެރިވެފައި ވެއެވެ. އެގޮތުން އަންހެން 3 ޓީމާއި ފިރިހެން 12 ޓީމް ބައިވެރިވިއެވެ.
ފިރިހެން ޗެމްޕިއަން ޓީމް ބެޓެލް ޑޯ---ފޮޓޯ:ޑަބުލިއު ސްޕޯޓްސް އެކަޑަމީ
މި މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ބެޓެލް ޑޯ ހޯދީ ފައިނަލްގައި ލޮބާސްގެ މައްޗަށް ތިން ގޭމު ދެ ގޭމުން ކުރި ހޯދައިގެންނެވެ. އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ޝޯޓް ކަޓްސް ހޯދީ ވުޑް ޝޮޓް ތިން ގޭމުން ދެ ގޭމުން ބަލިކޮށްގެންނެވެ.
މުބާރާތުގެ ފައިނަލް މެޗުތައް ރޭގައި ކުޅެފައިވާއިރު ޗެމްޕިއަން ޓީމަށް ވަނީ މެޑަލްއާ ޗެމްޕިއަން ޓްރޮފީއާ ފައިސާގެ އިނާމް ހަވާލުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ