ގެއްލުން އަންގައި ދިނުމަށް ނޭކުރެންދޫން ނަޝީދަށް ކަނޑޫ ހަދިޔާ ކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ކަނޑޫފާ، ހދ. ނޭކުރެންދޫ ކަނޑޫފަލުން 10،000 އެއްހާ ގަސް ވީނުވީއެއް ނޭނގި މަރުވެފައިވާތީ، އެކަން މަޖިލީހުގެ ސަމާލު ކަމަށް ގެނައުމަށްޓަކައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އެރަށު ފަލުން ހޮވި ކަނޑޫ މިއަދު ހަދިޔާ ކޮށްފި އެވެ.
ނޭކުރެންދޫ ހިމެނޭ، މަކުނުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރާއީ މަޖިލީހުގައި ބަހުސް ކުރައްވަމުން ވިދާޅުވީ، ނޭކުރެންދޫން 10،000 އެއްހާ ކަނޑޫ ގަސް މަރުވެފައިވާ ކަމަށެވެ. އެހެން ވިދާޅުވުމަށް ފަހު، އޭނާ ވަނީ އެ ކަނޑޫފަލަށް ލިބިފައިވާ ގެއްލުންތައް ފެންނަ ފޮޓޯއެއް މަޖިލީހުގެ ތަޅުމުގައި ދައްކާލައްވައިފަ އެވެ.
އެއަށް ފަހު ރާއީ ވަނީ އެ ކަނޑޫ ފަލުން ގެނައި ކަނޑޫތަކެއް މަޖިލީހުގެ ރައީސް ނަޝީދާއި މަޖިލީހުގެ ތިމާވެއްޓާ ބެހޭ ކޮމިޓީގެ މުގައްރިރު، ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމަށް ހަދިޔާ ކުރައްވައިފަ އެވެ.
"އިއްޒަތްތެރި ރައީސަށް ހަދިޔާއަކަށް އަޅުގަނޑު އަރުވަން ބޭނުން އިއްޔެ އެ ރަށުން ގެނައި ކަނޑޫ މިހުރީ. މި އެއްޗިއްސަށް އައިސްފައި ހުރި ބަދަލު ބައްލަވައިލެއްވުމަކީ އަޅުގަނޑު ވަރަށް އެދޭ އެދުމެއް. އަދި އެ ރަށުގެ ރައްޔިތުން ވެސް އެދޭ އެދުމެއް،" އެ ތަކެތި ހަދިޔާ ކުރައްވަމުން ރާއީ ވިދާޅުވި އެވެ.
Veegotheh neynge, raajjey ge enme bodu kandeefaa maruvanee!
Mihaaru
ވީގޮތެއް ނޭންގި ނޭކުރެންދޫ ކަނޑޫފާ މަރުވުންނަޝީދާއި ސަލީމަށް ވެސް ޕާރުސަލް ކޮށްފައިވާ ދެ ކަނޑޫ ޕެކެޓް ރާއީ ހަދިޔާ ކުރެއްވި އެވެ. އޭގެ ތެރެއިން އެއް ޕެކެޓުގައި ހުރީ ފެހިކަން ގަދަ ތާޒާ ކަނޑޫތަކެކެވެ. އަނެއް ޕެކެޓުގައި ހުރީ މުށި ކުލައިގައި ހުރި ކަނޑޫ ތަކެކެވެ.
އެ ތަކެތި ހަވާލު ކުރުމުން ނަޝީދު ވިދާޅުވީ އެއީ އެ ކަނޑޫފަލަށް ވެފައިވާ ގޮތް ދައްކައި ދިނުމަށް ދެއްވި އެއްޗެއް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އެއީ ވަކި ކަމެއް ވަކި ގޮތަކަށް ނިންމުމަށްޓަކައި ދޭ ހަދިޔާއެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
"މިއީ އިންޑިއާ ކަނޑުގެ ތެރޭގައި އޮތް އެންމެ ބޮޑު އެއް މެންގްރޫވް ފޮރެސްޓް. މި ތަން އެ ވިދާޅުވާހެން މަރުވާން ފަށައިފި. ދެން އެ ވާ ގޮތެއް އެބަ ސާފުވޭ،" ނަޝީދު ވިދާޅުވި އެވެ.
ރާއީ ވިދާޅުވިގޮތުގައި، އެކަމާ ގުޅިގެން އެންވަޔަރްމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދާ ވެސް މިއަދު ބައްދަލުކުރައްވާނެ ކަމަށެވެ. އެ މިނިސްޓްރީގެ ކަމާ ބެހޭ ޓީމެއް އެ ރަށަށް ވަރަށް އަވަހަށް ދާނެ ކަމަށް ވެސް ރާއީ ވިދާޅުވި އެވެ.
ނޭކުރެންދޫ ކަނޑޫފަލަށް ލިބިފައިވާ ގެއްލުންތަކުގެ ފޮޓޯ މެމްބަރު ރާއީ ދައްކަވާލައްވަނީ: މަރުވެގެން އެދަނީ ރާއްޖޭގެ އެންމެ ބޮޑު ކަނޑޫފާ-- ފޮޓޯ: ސްކްރީން ޝޮޓް
ނޭކުރެންދޫގެ ކަނޑޫފާ ވަނީ 2018 ގައި ހިމާޔަތްކޮށްފަ އެވެ. ކުޅިއަކާއި ބޮޑު ޗަސް ބިމެއް ހިމެނޭ އެ ސަރަހައްދުން ގަސް ކެނޑުން ފަދަ އެ ސަރަހައްދަށް ގެއްލުން ވާނެ ކަންކަން ހުއްޓައިލައިފައިވާތާ އެތައް ދުވަހެއް ވެއްޖެ އެވެ. އެއީ މިހާރު ވެސް ދޭތެރެދޭތެރެއިން މީހުން ކަނޑޫ ހޮވާ ފަލެކެވެ.
އެ ފަލުގައި ކަނޑުލުގެ އިތުރުން ބުރެވި ގަހާއި ބޮޑަވަކި ގަހާއި ތެލަ ގަހުގެ އިތުރުން ތަކަފަތި ގަސް ހުރެ އެވެ. ނޭކުރެންދޫގެ ކައުންސިލުން ބުނިގޮތުގައި މުޅިންހެން މަރު ވެގެން ދަނީ ކަނޑޫ ގަހެވެ. އެހެންކަމުން މިހާރު އެ ފަލުގައި ކަނޑޫ ވަރަށް މަދުވެފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.
އެ ކަނޑޫފާ މަރުވާ ސަބަބު ހޯދުމަށް، ރާއްޖޭގެ ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރާ ސޭވް މޯލްޑިވްސް އާއި އިންޓަނޭޝަނަލް ޔުނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗާގެ މެންގްރޫވް ސްޕެޝަލިސްޓް ގްރޫޕް (އައިޔޫސީއެން އެމްއެސްޖީ) އާއި މެންގްރޫވް އެކްޝަން ޕްރޮޖެކްޓް (މެޕް) ގުޅިގެން ވަނީ ދިރާސާއެއް ފަށައިފަ އެވެ. ނަމަވެސް މިހާތަނަށް ސީދާ ސަބަބެއް ހޯދިފައެއް ނުވެ އެވެ.
އުތުރުގެ ގިނަ ރަށްތަކެއްގައި ކަނޑޫފާ ހުންނައިރު ބައެއް އެހެން ރަށްރަށުގެ ފާތަކުން ވެސް ގަސް މަރުވުމުގެ މައްސަލަ ވަނީ ކުރިމަތިވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ