މޫސުން ގޯސްވެ ގިނަ ރަށްތަކަކަށް އުދަ އަރައިފި

ރާއްޖޭގެ މޫސުން ގޯސްވެ ވައި ގަދަވެ ބޯކޮށް ވާރޭވެހި ގިނަ ރަށްތަކަކަށް އުދަ އަރައި ބައެއް ރަށް ރަށަށް އެކި ވަރުގެ ގުންލުންވަނީ ލިބިފައެވެ. ރާއްޖެ މަތީގައި އުފެދިފައިވާ ބޯ ވިއްސާރަ ވިލާ ތަކުގެ ސަބަބުން އިއްޔެއާއި މިއަދު ބޯކޮށް ވާރޭވެހި ވައިގަދަވެ ގިނަ ރަށްތަކަކަށް ދަނީ އުދަ އަރަމުންނެވެ.މި ގޮތުން މީގެ ކުރިން އުދަ ނާރާ ވަރަށް ގިނަ ރަށްރަށަށް އުދަ އަރަމުންދާ ކަމަށްވެސް މައުލޫމާތު ލިބިއެވެ. މީސް މީޑިއާގައި ވެސް ދަނީ އެކި ރަށްރަށަށް  އުދަ އަރާ މަންޒަރުތަކާއި ވީޑިއޯތަށް ދައުރު ވަމުންނެވެ. އަދި އުދަ އެރުމުގެ ސަބަބުން ބައެއް ރަށް ރަށުގެ ގެދޮރަށާއި މުދަލަށް ގެއްލުން ވެފައިވާ ކަމުގެ ރިޕޯޓުތައްވެސް ދަނީ ލިބެމުންނެވެ. މޫސުމާ ބެހޭ އިދާރާއިން ވެސް ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ. އަދި ކަނޑުތައް ގަދަ ވާނެތީ ކަނޑު ދަތުރު ފަތުރު ކުރުމުގައި ސަމާލުވުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ. ކަނޑުތައް ގަދަވުމުގެ ސަބަބުން ކަނޑުމަތީގެ ހާދިސާތައް ދަނީ ދިމާވަމުންނެވެ. އެ ގޮތުން މިއަދު ކާށިދޫ ކަނޑަށް ބޯޓެއް ބަންޑުން ޖަހާލައިފައިވާކަން ވެސް ފާހަގަ ކޮށްލެވެއެވެ. އަދި އެ ބޯޓު އޮޔާ ދަާތީ ކޯސްޓު ގާޑުން ވަނީ ދަތރު ކުރާ ފަރާތްތަކަށް ސަމާލު ވުމަށްވެސް އަންގައިފައެވެ.ކުރިއަށް އޮތް 24 ގަޑި އިރުވެސް މޫސުން ގޯސްވެ ކަނޑުތައް ގަދަވާނޭތީ ދަތުރު ފަތުރު ކުރުމުގައި ސަމާލުވުމަށް މުސުމާބެހޭ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ