ދެ ރައީސުން ޓްވިޓާގައި އަރައިރުމަކަށް، މައުމޫން ރައްދުދެއްވައިފި

ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަމުގައި ހުރިހާ ވޯޓެއް އޮޅުވާލައްވާފައިވާކަމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވާހަކައަށް، މައުމޫން ވަރުގަދަ ރައްދެއް ދެއްވައިފިއެވެ. ދެ ރައީސުންގެ މެދުގައި ބަހުގެ ހަމަލާތަކެއް ފެށިފައި މިވަނީ ރާއްޖޭގައި ވެރިކަން ކުރާ ނިޒާމަކީ ބަރުލަމާނީ ނިޒާމެއް ކަމަށް ކަނޑައަޅައި އެކަން ގާނޫނު އަސާސީގައި ހިމެނުމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަނީ ގާނޫނު އަސާސީ އަށް އިސްލާހެއް ހުށަހެޅުއްވުމާ ގުޅިގެންނެވެ. ޖާބިރު އެފަދަ އިސްލާހެއް ހުށަހަޅުއްވާފައި ވަނިކޮށް ރައީސް މައުމޫން ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޓުވީޓެއްގައި ވިދާޅުވީ ރާއްޖެއަށް އެންމެ ކަމުދަނީ ރިޔާސީ ނިޒާމު ކަމަށެވެ. އަދި 2007 ވަނަ އަހަރު ރާއްޖޭގެ ރައްޔިތުން ވަރަށް ބޮޑު އަޣްލަބިއްތަކުން ނިންމަވާފައި ވަނީ ވެސް އެގޮތަށްކަމަށް ރައީސް މައުމޫނު ވަނީ ވިދާޅުވެފަ އެވެ. މައުމޫންގެ ޓުވީޓަށް ރައްދު ދެއްވައި، ރައީސް ނަޝީދު ވިދާޅުވީ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް 2007 ވަނަ އަހަރު ނެގި ވޯޓުވެސް ރައީސް މައުމޫނު ވަނީ އޮޅުވާލައްވާފައި ކަމަށެވެ އޭރު ވޯޓު ނެގިއިރު ވެރިކަމުގައި ހުންނެވީ ރައީސް މައުމޫނެވެ. މައުމޫނު ތާއީދު ކުރެއްވީ ރިޔާސީ ނިޒާމަކަށެވެ. އޭރު ވެސް ރައީސް ނަޝީދާއި އެމްޑީޕީ އިން ވަކާލާތު ކުރަމުން ދިޔައީ ރާއްޖޭގައި އޮންނަން ފެންނަނީ ބަރުލަމާނީ ނިޒާމެއް ކަމަށެވެ. މަޖިލީހުގެ ރައީސް ނަޝީދު ރޭ ކުރެއްވި ވިދާޅުވީ ރައީސް މައުމޫނަށް އޮޅުވައި ނުލެއްވުނީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓު އެކަނި ކަމަށެވެ. ނަޝީދުގެ ޓުވީޓަށް މައުމޫން ވަނީ އަނެއްކާވެސް ރައްދު ދެއްވައިފައެވެ. ރައީސް މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުންނަކީ މޮޔައިން ކަމަށް ބައްލަވާތީ ހިތާމަކުރައްވާ ކަމާށެވެ. އަދި 30 އަހަރުގެ ތެރޭގައި ބޭއްވި ހުރިހާ އިންތިހާބެއް އޮޅުވާލިއިރު، 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އޮޅުވާނުލެވުނީ ކީއްވެތޯ އެމަނިކުފާނު ސުވާލު އުފެއްދެވިއެވެ. "ބުއްދި ގަބޫލުކުރާ ޖަވާބެއް ދެއްވަ ބައްލަވަ!" ރައީސް މައުމޫން ވިދާޅުވިއެވެ. https://twitter.com/maumoonagayoom/status/1298122270829813761 ނަޝީދު ގެންދަވަނީ ވެރިކަން ހިންގަން އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ. މަޖިލީހުގެ ރައީސް މީގެ ކުރިން ވިދާޅުވެފައި ވަނީ 2008 ވަނަ އަހަރު އަމަލުކުރަން ފެށި ފެހި ގާނޫނު އަސާސީ ބިނާވެގެން އައީ ބަރުލަމާނީ ސިފައިގައި ކަމަށެވެ. ރާއްޖޭގެ ގާނޫނު އަސާސީ ބުނާ ގޮތުން ގާނޫނު އަސާސީގައި ބަޔާންވެގެންވާ ވެރިކަން ހިންގުމުގެ ބާރު ލިބިގެން ވަނީ ރައީސުުުލްޖުމްހޫރިއްޔާ އަށެވެ. އަދި ދައުލަތުގެ އެންމެ މަތީ ވެރިޔަކީ، އަދި ސަރުކާރުގެ އެންމެ މަތީ ވެރިޔަކީ ވެސް ރައީސުލްޖުމްހޫރިއްޔާ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ