ރައީސް މައުމޫން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. އެމަނިކުފާނު ވަނީ އެކަން ޔަގީން ކޮށްދެއްވާ ޓްވީޓެއް ކުރައްވާފައެވެ.
އެމަނިކުފާނު ވިދާޅުވީ، އެމަނިކުފާނު ޕޮޒިޓިވް ކަމަށާއި، ﷲ ގެ ހަޒުރަތުން އެމަނިކުފާނަށާއި، ބަލި އެންމެނަށް އަވަސް ޝިފާއަކަށް އެދި ދުއާ ދަންނަވާ ކަމަށެވެ.
ރައީސް މައުމޫނު މިވަގުތު ހުންނެވީ ކޮންތަނެއްގައިކަން އަދި ސާފުވާގޮތެއް ނުވެއެވެ.
‏މިއަދު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ، 109 ދިވެހިންނާއި، ބަންގްލަދޭޝަށް ނިސްބަތްވާ 15 މީހަކާއި އިންޑިއާގެ 8 މީހަކާއި އީޖިޕްޓުގެ 2 މީހަކާއި އަދި ނޭޕާލްގެ މީހެކެވެ.
‏މިހާރު އެކްޓިވް ކޭސްތަކުގެ ތެރޭގައި ހިމެނެނީ 2580 މީހެކެވެ. އޭގެ ތެރެއިން 173 މީހަކު މިހާރު ވަނީ ހޮސްޕިޓަލުގައެވެ. އަދި 1460 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަ ތިއްބެވެ. މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 7047 އަށް އަރާފައި ވާއިރު އޭގެތެރެއިން މީހުންގެ ތެރެއިން 28 މީހަކު ވަނީ ނިޔާވެފައެވެ.
‏އަދި މިހާތަނަށް މި ބަލިން ރަނގަޅުވެފައިވާ މީހުންގެ އަދަދު ވަނީ 4439 އަށް އަރާފައެވެ. މިއަދުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި 142 މީހުން ވަނީ މިއަދު ބަލިން ރަނގަޅުވެފައެވެ.
‏މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 110 މީހަކު މާލެ ސަރަހައްދުން ޕޮޒިޓިވް ވެފައިވާއިރު، 9 މީހަކު ޕޮޒިޓިވްވީ އަތޮޅުތެރެއިންނެވެ.
‏މިއަދު ޕޮޒިޓިވްވި 135 މީހުންގެ ތެރެއިން 126 މީހުންނަކީ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ. އަދި 9 މީހުންނަކީ އަތޮލޫތެރެއިން ޕޮޒިޓިވްވި މީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ