އެމްބީސީގެ ކަރަންޓު ބިލްތަކަށް ފައިސާ ނުދައްކައިގެން ކަރަންޓު ކަނޑާލަނީ

މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) އިން ކަރަންޓް ބިލްތަކެއް ނުދައްކައިގެން ކަރަންޓް ކަޑާލުމަށް ސްޓެލްކޯގެ މުވައްޒަފުން އެ ސްޓޭޝަނަށް ވަދެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން ޓީވީއެމްގެ އިމާރާތުން ކަރަންޓް ކަޑާލަން ސްޓެލްކޯގެ މުވައްޒަފުން އެ ސްޓޭޝަނަށް މިއަދު ހެނދުނު ދިއުމުން ބަޔަކު ވަނީ ގޭޓް ލައްޕައިފި އެވެ. ނަމަވެސް އެ ތަނުގެ އިސްވެރިން ނުކުމެ، މިހާރު ވަނީ ސްޓެލްކޯގެ މީހުން ވައްދާފަ އެވެ.
އެމްބީސީ ގެ ކަރަންޓު ބިލްތަކަށް 7.1 މިލިއަން ރުފިޔާ ނުދައްކާ އޮވެގެން ކަރަންޓް ކަނޑާލަން ސްޓެލްކޯ އިންދިޔައިރު ކަރަންޓް ބިލްތަކައް ފައިސާ ދެއްކުމަށް އެ ބިލްތައް ފިނޭންސަށް ފޮނުވާފައިވާނެ ކަމަށާއި ނަމަވެސް ފިނޭންސުން އެ ބިލްތަކަށް ފައިސާ ނުދައްކާ ކަމަށްވެ އެވެ. އެމްބީސީން ނުދައްކާ އޮތީ ފަސް މަސް ދުވަހުގެ ކަރަންޓު ބިލެވެ.
އަދި މިމައްސަލަ ހައްލުކޮށް ކަރަންޓްކަޑާ ނުލާ ވޭތޯ ސްޓެލްކޯއާ ވާހަކަ ދައްކަމުންދާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ