ގާސިމް އިބްރާހިމަށް ކުރިމަތިވެފައިވާ ސިއްހީ މައްސަލަތަކަށް ފަރުވާ ހޯއްދެވުމަށް ރާއްޖެއިން ބޭރަށް ވަޑައިގެންފިއެވެ.
މިރޭ 11:50ގައި ގާސިމް އިބްރާހިމް ފުރާވަޑައިގެންފައިވަނީ ސިންގަޕޫރަށެވެ.
ކަރެކްޝަނުން ބުނީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް ގާސިމަށް ހުއްދަ ދީފައިވަނީ 10 ދުވަހަށް ކަމަށެވެ.
އަދި ހުއްދަދިނީ ސިންގަޕޫރަށް ދިއުމަށް ކަމަށެވެ.
ގާސިމް އިބްރާހިމަށް ކުރިމަތިވެފައިވާ ސިއްހީ މައްސަލަތަކަށް ފަރުވާ ހޯއްދެވުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަދީފައިމިވަނީ ކޯޓުން އެކަމަށް އަމުރުކޮށްފައިވާތާ ދެ ހަފްތާވާން ކައިރިވެފައިވަނިކޮށެވެ.
ދަންވަރު ކޯޓް ހުޅުވައިގެން ގާސިމްގެ ގައިރު ހާޒިރުގައި ޖަލު ހުކުމެއް އިއްވިއިރު، ބޭސްފަރުވާއަށް ބޭރަށް ދިއުމުގެ ކަންކަން ހަމަޖެއްސުމަށް ކަމާބެހޭ މުއައްސަސާތަކުގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.
ނަމަވެސް ދައުލަތުން ވަނީ ބޭސްފަރުވާއަށް ބޭރަށް ދިއުމުގެ ކަންކަން ހަމަޖެއްސުމަށް އަމުރުކޮށްފައިވާ ބައި ވަނީ އިސްތިއުނާފުކޮށްފައެވެ. އަދި ސަރުކާރުގެ އަމަލުތައް ހުރީ ގާސިމް ބޭސްފަަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ހުރަސްއެޅޭގޮތަށްކަމަށް ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ.
ބޭސްފަރުވާއަށް ގާސިމް އިބްރާހިމް ސިންގަޕޫރަށް ފުރާވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ