ބ. އަތޮޅު ސިއްހީ ދާއިރާގެ މުވައްޒަފުން އަމަލީ ތަޖުރިބާ ހޯދުމުގެ ދަތުރުގެ ތެރެއިންތަޖުރިބާ ހޯދުމުގެ ދަތުރެއްގައި ބ. އަތޮޅު
ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ވަފުދެއް އުތުރުގެ ހަތަރު އަތޮޅަކަށް މިއަދު
ފުރައިފި އެވެ.
ބ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު
ރަޝީދު ވިދާޅުވީ މިއަތޮޅުގެ ސިއްހީ ދާއިރާގެ ހެލްތު ވޯކަރުންނާއި ބައެއް އިސް
ވެރިންނާއި އެހެނިހެން ޑިޕާޓްމަންތައް ހިމެނޭ ގޮތަށް 26 މުވައްޒަފުން
މި ދަތުރުގައި ބައިވެރިވާ ކަމަށެވެ.
މުހައްމަދު ރަޝިދު ވިދާޅުވީ އަންނަ ހޮނިހިރު
ދުވަހުގެ ނިޔަލަށް ކުރާ މި ދަތުރުގައި ހއ، ހދ، ށ އަދި ރ އަތޮޅުގެ ސިއްހީ
ޚިދުމަތްދޭ ތަންތަނަށް ޒިޔާރަތްކޮށް
ސިއްހީ ދާއިރާގެ މައުލޫމާތު ހޯދައި ގުޅުން ބަދަހި ކުރާނެ އެވެ.
2015
ވަނަ އަހަރު ބ. އަތޮޅު ހޮސްޕިޓަލުގެ ޓީމެއް ވަނީ ދަތުރިބާ ދަތުރެއްގައި ސްރީލަންކާ
އަށް ވެސް ޒިޔާރަތެއް ކޮށްފަ އެވެ.
މުހައްމަދު ރަޝީދު ވިދާޅުވި ގޮތުގައި އެފަދަ އަމަލީ ތަޖުރިބާ
ހޯދުމުގެ ދަތުރުތަކަށް މުވައަޒަފުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބެ އެވެ. އަދި އެ
ދަތުރުތަކުން ސިއްހީ ދާއިރާ ހިންގުމަށް ބޭނުންވާ އިތުރު ތަމްރީނު ލިބޭ ކަމަށް ވެސް
އޭނާ ވިދާޅުވި އެވެ.
ބ. އަތޮޅު ސިއްހީ ދާއިރާގެ ވަފުދެއް 4 އަތޮޅަކަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ